ފޭސްބުކް އިން މައިންޑް ރީޑިންގް ޓެކްނޮޮލޮޖީ ދައްކާލައިފި

އިސްމާއިލް އަލީ 20 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ފޭސްބުކް އިން މުސްތަގްބަލުގައި ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ ޑިވައިސްތަކުގައި މައުސް އަދި ކީބޯޑްގެ ބަދަލުގައި ބޭނުންކުރުމަށް އަތުގައި އަޅާ މައިންޑް ރީޑިންގް ޑިވައިސް އަކާއި އާގުމެންޓެޑް ރިއާލިޓީ ކީބޯޑެއް ތައާރަފްކޮށްފިއެވެ.

މީޑިއާތަކާއި އެކު ބޭއްވި ވާޗުއަލް ބައްދަލުވުމެއްގައި ފޭސްބުކް ގެ ރިއާލިޓީ ލެބްސް ޑިވިޝަން އިންވަނީ މި ޑިވައިސްތަކުގެ ޕްރޮޓޯޓައިޕް ތަށް ދައްކާލާފައިއެވެ. އެ ޑިވިޝަންގެ ވެރިން މި އުފެއްދުންތަކުގެ މައުލޫމާތު ހާމަކޮށްފައިވާ އިރު ނޫސްވެރިންނަށް މި ތަކެތީގެ ވީޑިއޯވެސް ވަނީ ދައްކާލާފައިއެވެ.

އެގޮތުން މި ދައްކާލެވުނު އަތުގައި އަޅާ ޑިވައިސް އަކީ އެ ބޭނުންކުރާ ފަރާތުގެ ސިކުނޑުން ފޮނުވާ ނިއުރޮލޮޖިކަލް ސިގްނަލް ދެނެގަންނާނެ ގާބިލްކަން ލިބިފައިވާ ޑިވައިސްއެކެވެ. އެގޮތުން މި ޑިވައިސް އިން މި ސިގްނަލްތަށް މެދުވެރިކޮށް އެފަރާތަކުން ކުރަންބޭނުންވާ ކަމެއް ވާޗުއަލް ނުވަތަ އާގުމެންޓެޑް ރިއާލިޓީ މާހައުލެއްގައި ކޮށްލެވޭނެކަމަށް ފޭސްބުކް އިންދެކެއެވެ.

މީގެއިތުރުން އެކުންފުނިން ވަނީ ކޮންމެ ސާފޭސް އެއްގައިވެސް ލިޔެވޭ ފަދަ ޑިވައިސްއެއްވެސް ތައާރަފްކޮށްފައިއެވެ. ފިޒިކަލް ކީބޯޑެއް ނެތަސް މި އީއެމްޖީ ޑިވައިސް މެދުވެރިކޮށް އެ ބޭނުންކުރާ ފަރާތަކަށް ކީބޯޑް ބެނުންކުރާ އުސޫލަށް ވާޗުއަލް މާހައުލެއްގައި ބޭނުންކުރެވޭނެއެވެ.

ފޭސްބުކް އިން މިފަދަ ޓެކްނޮލޮޖީ އުފެއްދުން އިތުރުކޮށްފައި މިވަނީ އެކުންފުނީގެ ފުރަތަމަ ސްމާޓް އައިނު މިއަހަރުތެރޭގައި ބާޒާރަށް ނެރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައިއެވެ. މި ސްމާޓް އައިނަކީ ލަކްސޯޓިކާ އާއިއެކު އެކުންފުނިން އުފައްދާ ރޭބަން އައިނެވެ.

ފޭސްބުކްގެ ސީޓީއޯ ހާމަކޮށްފައިވާ ގޮތުގައި މި ޓެކްނޮލޮޖީތަށް އަދި އިތީ ޑިވެލޮޕްމަންޓް ފޭސްގައި ކަމަށާއި އާންމުންނާއި ހަމަޔަށް މި ތަކެތި ފޯރުކޮށްދެވޭނެ ތާރީހެއް އަދި ބުނަން ނޭގޭ ކަމަށެވެ. އަދި އެކުންފުނީގެ މިހާރުގެ އަމާޒަކީ މިތަކެތި އިތުރަށް ފުރިހަމަކުރުން ކަމަށްވެސް އޭނާ ހާމަކޮށްފައިވެއެވެ.

އިތުރަށް ވިދާޅުވެލެއްވުމަށް : ސްމާޓް އައިނު – އުއްމީދީ އުފެއްދުމެއް

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.