ޕަވަޕޮއިންޓް އޭއައި އިން ޕްރެޒެންޓޭޝަން ހުނަރު ރަނގަޅުކޮށްދޭ

އިސްމާއިލް އަލީ 20 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޕްރެޒެންޓޭޝަން ދިނުމުގައި ގިނަ މީހުނަށް ތަފާތު އުދަނގޫތަކާ ދިމާވެއެވެ. އެގޮތުން މި ކަންކަމުން ސަލާމަށްވުމަށް އެހީތެރިވުމަށް މައިކްރޯސޮފްޓް ޕަވަޕޮއިންޓް ގައި އާޓިފިޝަލް އިންޓެލިޖެންސް ކޯޗެއް ހިމެނިފައިވެއެވެ.

މި އާޓިފިޝަލް އިންޓެލިޖެންސް ކޯޗު ތައާރަފް ކުރެވުނީ 2019 ވަނަ އަހަރުގައިއެވެ. މިހާރު މި ހިދުމަތް މައިކްރޯސޮފްޓް އޮފީސް ބޭނުންކުރެވޭ ހުރިހާ މަންސަތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފެށިފައިއެވެ. އެގޮތުން ވިންޑޯޒް، މެކް، އައިއޯއެސް އަދި އެންޑްރޮއިޑަށް މި ހިދުމަތް ދިނުމަށް ވަނީ ނިންމާފައިއެވެ. މި ހިދުމަތް މެދުވެރިކޮށް ޕްރެޒެންޓޭޝަން ދޭފަރާތުން ދައްކާ ވާހަކަ އަޑުއެހުމަށްފަހު ރަނގަޅުކުރަންވީ ކަންކަން ކިޔައިދެއެވެ. އެގޮތުން މާގިނައިން އަމް ނުވަތ އާ ކިޔެންޏާ އެކަން ރަނގަޅުކުރުމަށް މި އޭއައި ކޯޗު އިރުޝާދު ދެއެވެ.

މީގެ އިތުރުން މައިކްރޯސޮފްޓް އިން ހާމަކުރާ ގޮތުގައި މި އޭއައި ބަސްތަށް ޕްރޮނައުންސް ކުރާނެ ރަނގަޅު ގޮތްކިޔައިދޭނެއެވެ. އަދި އެކުންފުނިން ވަނީ ޕްރެޒެންޓޭޝަން ހުށަހައަޅާއިރު މިހާގެ ބޮޑީ ލޭންގުއޭޖް ދެނެގަންނާނެ ފީޗާއެއްވެސް ތައާރަފް ކޮށްފައިއެވެ. މި ހިދުމަތް މިވަގުތު ލިބެން އިނީ ހަމައެކަނި ވެބް އަދި ޑެސްކްޓޮޕްގައިއެވެ.

މި އޭއައި ކޯޗުގެ ހިދުމަތް މިހާރު މައިކްރޯސޮފްޓްގެ ހުރިހާ ޕަވަޕޮއިންޓް އެޕްލިކޭޝަނަކުން ލިބެންހުންނާނެއެވެ.


އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.