ޒާތީ މައުލޫމާތުން އެންމެ ގަދަޔަށް ވިޔަފާރި ކުރަނީ އިންސްޓަގްރާމް

މުހައްމަދު ރައްޔާން 21 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކްލައުޑް ސްޓޯރޭޖް ކުންފުނި ޕީކްލައުޑް އިން ހާމަކޮށްފައިވާ ގޮތުގައި އިންސްޓަގްރާމް އަކީ އެ އެޕްލިކޭޝަން ބޭނުންކުރާ ފާރާތްތަކުގެ މައުލޫމާތު އެއްކޮށް އެހެން ފަރާތްތަކާއި އެންމެ ގިނައިން ހިއްސާކުރާ އެއް އެޕްލިކޭޝަންއެވެ. އެގޮތުން އެކުންފުނިން ސިފަކޮށްފައިވާ ގޮތުގައި އިންސްޓަގްރާމް އަކީ އެންމެ "އިންވޭސިވް" އެޕްލިކޭޝަނެވެ.

އެޕަލް ގެ އެޕް ސްޓޯ ގައި ތައާރަފް ކުރެވިފައިވާ އެޕް ޕްރައިވަސީ ލޭބަލްސް މެދުވެރިކޮށް ޕީކްލައުޑް އިން ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކާގޮތުގައި އިންސްޓަގްރާމް އިން އެ އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކުގެ 79 އިންސައްތަ ޑޭޓާ އެއްކޮށް އެހެން ފަރާތްތަކާއި ހިއްސާކުރެއެވެ. އެގޮތުން އިންސްޓަގްރާމް އިން ހިއްސާކުރާ މައުލޫމާތުގެ ތެރޭގައި ސާޗް ހިސްޓްރީ އާއި، ލޮކޭޝަން، ކޮންޓެކްޓް އަދި މާލީ މައުލޫމާތު ހިމެނެއެވެ.

މި ލިސްޓުގެ ދެވަނައިގައި އޮތީ އިންސްޓަގްރާމްގެ މައި ކުންފުނި ފޭސްބުކް އެވެ. އެގޮތުން ފޭސްބުކް އިންވަނީ އެ އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކުގެ 57 އިންސައްތަ މައުލޫމާތު އެކުންފުނި ހިއްސާވާ ކުންފުނިތަކަށާއި އެހެނިހެން ފަރާތްތަކަށް ހިއްސާކޮށްފައިއެވެ.

މީގެ އިތުރުން ކާބޯތަކެތި ޑެލިވާކުރާ އެޕްލިކޭޝަންތަށް ކަމަށްވާ އޫބާ އީޓްސް އާއި ޑިލެވަރޫ ވެސް ވަނީ ލިންކްޑްއިން، ޓްރެއިންލައިން، ޔޫޓިއުބް، ޑުއޯލިންގޯ އަދި އީބޭ އާއިއެކު މި ލިސްޓްގެ ގަދަ 10 ގައިހިމެނިފައިއެވެ.

މިއާއި ހިލާފަށް ޖަސްޓް އީޓް، ގްރަބްހަބް އަދި މައި މެކްޑޮނަލްޑްސް އަކީ އެ އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކުގެ މައުލޫމާތު އެއްވެސް ބަޔަކާއި ހިއްސާކުރާ އެޕްލިކޭޝަންތަކެއް ނޫނެވެ. މި ލިސްޓްގައި އިތުރަށް ހިމެނެނީ ސިގްނަލް، ޓެލެގްރާމް، ނެޓްފްލިކްސް އަދި ބީބީސީ އައިޕްލޭޔާއެވެ.


މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.