ހާއްސަ ދުވަސްތަކާއި ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނަލް އިވެންޓްތައް ހިންގުމަކީ އެކިއެކި ވިޔަފާރިތަކުން އާންމުކޮށް ކުރާކަމެކެވެ. ވިޔަފާރިތަކުގެ އަހަރީ ދުވަހާއި ދިމާކޮށް ނުވަތަ އަންހެނުންގެ ދުވަސް، ކުޑަކުދިންގެ ދުވަސް ފަދަ ދުވަސްތަކާއި ސްކޫލް ހުޅުވުމާއި ގާތްވުމުން ހިންގާ ސޭލްތަކާއި ޕްރޮމޯޝަންތައް ކޮންމެ އަހަރަކުވެސް ފެނެއެވެ. ރޯދަ މަހާއި ދިމާކޮށް ވިޔަފާރި އިތުރުކުރުމުގެ މަގުސަދުގައި ރޯދަ ޕްރޮމޯޝަން ހިންގުމަކީ ހަމަ ގިނަ ވިޔަފާރިތަކުގެ އަހަރީ އާދައެކެވެ.
މިފަދަ ޕްރޮމޯޝަނަލް އިވެންޓްތަކުގައި މީގެ ކުރިން ފެނިފައިވާ ގޮތުން، ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށް އެފަރާތުން ޚަރަދުކުރާ ވަރަށް ބަލާފައި ކޫޕަން ދިނުމަކީ އާންމުކޮށް މިކަންތައް ކުރާ ގޮތެވެ. މީގެ ކޫޕަނަކީ ގިނަ ފަހަރަށް ކުޑަ ކަރުދާސްކޮޅެކެވެ. ބައެއް ފަހަރު މި ކޫޕަން ތައްޔާރުކޮށްފައި ހުންނަނީ ކޮލިޓީ ކަރުދާހުގައި ކުލަކޮށްނެވެ. ކޮލިޓީ ނޫން ނަމަވެސް ބޭނުންކުރާނީ ކަރުދާހެވެ. ވިޔަފާރިތަކުން މިތަކެތި ތައްޔާރު ކުރާނީ ޚަރަދުތަކެއްވެސް ކޮށްގެންތާއެވެ. ދެން ކަސްޓަމަރުންނަށް ލިބޭ ކޮންމެ ކޫޕަނެއްގައި ވަކިވަކިން ނަމާއި ފޯނު ނަންބަރު ލިޔެފައި ކަނޑައެޅިފައިވާ ފޮއްޓަކަށް ލަނީއެވެ. އަދި ގުރުއަތު ހޮވަން ޖެހޭ ދުވަސް އައުމުން އޭގެ ތެރެއިން އިނާމު ދިނުމަށް ކަނޑައެޅިފައިވާ އަދަދަށް ކޫޕަން ނެގުމަށްފަހު ބާކީވާބައި އުކާލާނީތާއެވެ. މިއީ އާންމުކޮށް ކުރާގޮތެވެ.
ކޯވިޑް އާއި އެކު އައު އާއްމު ހާލަތަކަށް ބަދަލުވެއްޖެ އެވެ. ކޮންޓެކްޓްލެސް މުއާމަލާތްތައް އިތުރު ވެއްޖެއެވެ. ޓެކްނޮލޮޖީ ބޭނުންކޮށްގެން، ތިމާވެއްޓާއި ރައްޓެހި ގޮަތަކަށް ނާސީބު ކޫޕަން ރާއްޖޭގައިވެސް ބަދަލު ކޮށްލައިފިއެވެ. ވެލިގާ ހާޑްވެއަރއިން މިހާރު ހިންގަމުން ގެންދާ ރޯދަ ޕްރޮމޯޝަންގައި ބޭނުން ކުރަނީ ތިމާވެއްޓާއި ރައްޓެހި ޓެކް ގޮތެކެވެ.
ވެލިގާ ހާޑްވެއަރގެ ފިހާރައަކުން 100 ރުފިޔާގެ މަތިން ވިޔަފާރި ކުރާ ކަސްޓަމަރުން ބޭނުންނަމަ ޕްރޮމޯޝަންގައި ބައިވެރިވުމަށް ފޯނު ނަންބަރު ދިނުމުން ފޯނަށް ދަނީ މެސެޖެކެވެ. އެހިސާބުން ކޫޕަނެއް ލިބުނީއެވެ. މެސެޖުގައި އޮންނަނީ ކޫޕަންގެ ލިންކެކެވެ. ލިންކުން ފެންނަނީ ކަސްޓަމަށް ލިބިފައިވާ ކޫޕަންތަކުގެ ނަންބަރުތަކެވެ. ޕްރޮމޯޝަންގައި ބައިވެރިވުމަށް ބޭނުންވާ މަޢުލޫމާތު ފުރިހަމަ ކުރަންޖެހޭނީ އެއްފަހަރުއެވެ. ގިނަ ފަހަރަށް ވިޔަފާރިކޮށްގެން އިތުރު ކޫޕަންތައް ކަސްޓަމަރުގެ ފޯނަށް ލިބެއެވެ.
20 އެޕްރީލް އާއި ހަމައަށް ކުރިއަށްދާ މިޕްރޮމޯޝަން ނިމުމުން ނަސީބުވެރިން ހޮވުމުގެ ކަންތައްތައްވެސް ދާނީ އޮންލައިންކޮށްކަމަށް ވެލިގާ ހާޑްވެއަރއިން ބުނެއެވެ.
މީގެ ސަަބަބުން ވިޔަފާރީގައި ބައިވެރިވާ ދެފަރާތަށްވެސް ފައިދާތަކެއް ލިބޭނެއެވެ. ވިޔަފާރިކުރާ ފަރާތްތަކުން، ޕްރޮމޯޝަން ނިމެންދެން ކަރުދާސް ކޫޕަންތަކެއް ވެލޮޓުގައި ފޮރުވައިގެން ގެންގުޅޭކަށް ނުޖެހޭއެެވެ. އަދި ވިޔަފާރިއަށްވެސް ޚަރަދުކުޑަ ފަސޭހަގޮތަކަށް މިކަންތައް ކުރެވުނީއެވެ. މީގެ ސަބަބުން އެތަށް ކަރުދާހެއް ސަލާމަތް ކުރެވުނީއެވެ.
މިއީ ކުރިއެރުމެކެވެ. މިދަނީ ރަނގަޅު މިސްރާބަކަށެވެ. ޓެކްނޮލޮޖީގެ އެހީގައި މިފަދަ ކުޑަކުޑަ ކަމަކުންވެސް ތިމާވެއްޓަށް ލިބޭ ގެއްލުން ބޮޑުތަނުން ކުޑަކުރެވިދާނެއެވެ. އަމިއްލަ ފަރާތްތަކާއި ސަރުކާރުންވެސް ރައްޔިތުންނަށް ޚިދުމަތްދިނުމަށްޓަކައި ޓެކްނޮލޮޖީގެ އެހީގައި ގިނަ ކުރިއެރުންތަކެއް ގެނެވިދާނެއެވެ. މިބަދަލުތަކުން ރައްޔިތުންނަށާއި ޚިދުމަތްދޭ ފަރާތްތަކަށްވެސް އެތަކެއް ފަސޭހަތަކެއް ލިބިގެންދާނެއެވެ. ކުޑަކުޑަކަމަކުންވެސް އިނޮވޭޝަން ގެނެވިއްޖެ ނަމަ އެއީ ކުރިއެރުމެކެވެ. އުންމީދަކޯ މި މިސާލާއި އެކި އެހެން ވިޔަފާރިތަށްވެސް ބަދަލުތަކެއް ފެނިގެން ދިއުމެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް