މައިކްރޯސޮފްޓް އިން ޑިސްކޯޑް ގަތުމަށް މަޝްވަރާކުރަނީ

މުހައްމަދު ރައްޔާން 23 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މައިކްރޯސޮފްޓް އިން 10 ބިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދަކަށް ޑިސްކޯޑް ގަތުމަށް މަޝްވަރާ ކުރަމުންދާކަމަށް އެކަމުގެ މައުލޫމާތު ހުރި ފަރާތްތަކަކުން ހާމަކޮށްފިއެވެ. މިކަން ހާމަވެފައިވާ އިރު މީގެ ކުރިން ޑިސްކޯޑް އިން ދިޔައީ އެކުންފުނި ގަންނަން ބޭނުންވާ ކުންފުނިތަކެއް ލިބޭތޯ މަސައްކަތްކުރަމުންނެވެ.

މައިކްރޯސޮފްޓް އަދި ޑިސްކޯޑް އިންވެސް ވަނީ މިކަމާއި ބެހޭގޮތުން މައުލޫމާތު ހާމަކުރުމަށް ދެކޮޅުހަދާފައިއެވެ. ނަމަވެސް ވެންޗާބީޓް އިން ރިޕޯޓް ކުރާގޮތަގައި ޑިސްކޯޑް އިން ދަނީ އެކުންފުނި ވިއްކާލުމުގެ މަޝްވަރާ ކުރަމުންނެވެ.

ޑިސްކޯޑް މަޝްހޫރުވެފައިވަނީ ގޭމްކުޅޭ މީހުންނަށް ހިލޭ ވީޑިއޯ، ވޮއިސް އަދި ޓެކްސްޓް ކުރެވޭ ހިދުމަތެއްގެ ގޮތުގައިއެވެ. މީގެ އިތުރުން ޕެންޑަމިކްއާއި ގުޅިގެން ގޭގޭގައި ތާށިވެފައި ތިބިމީހުން ކިޔެވުމަށާއި، ނެށުމުގެ ކްލާސްތަކާއި، އަދިވެސް އެހެނިހެން ވާޗުއަލް ބައްދަލުވުންތަށް އެކުންފުނީގެ ހިދުމަތް މެދުވެރކޮށްވަނީ ހޯދާފައިއެވެ. އެކުންފުނީގެ ހިދުމަތްތަށް މަހެއްގެ މައްޗަށް 100 މިލިއަން މީހުން ބޭނުންކުރެއެވެ.

މައިކްރޯސޮފްޓް އިން ވަނީ މިދިޔަ އަހަރު ސޯޝަލް މީޑިއާ ކުންފުނި ޓިކްޓޮކް އަދި ޕިންޓްރެސްޓް ގަތުމަށްވެސް މަޝްވަރާކޮށްފައިއެވެ. މައިކްރޯސޮފްޓް އިންވަނީ 7.5 ބިލިއަން ޑޮލަރަށް ދި އެލްޑާ ސްކްރޯލްސް އުފެއްދި ކުންފުނި ޒެނިމެކްސް މީޑިއާ އާއި ޑޫމް އުފެއްދި ކުންފުނި ބެތެޒްޑާ ސޮފްޓްވޯކްސް ގަނެފައިއެވެ. މި އަހަރު ކުރީ ކޮޅުގައި މައިކްރޮސޮފްޓް އިން ވަނީ ދިވެހި ޑިވެލޮޕަރުންގެ ބޮޑު ހިއްސާއެއް އޮތް ލޮޓީ ފައިލްސް އަށް ވެސް 9 މިލިއަން ޑޮލަރުގެ ސީރީސް އޭ ފަންޑިންގް އެއް ރެއިސް ކޮއްފައެވެ.

މި ކުންފުނިތަކާއިއެކު މައިކްރޯސޮފްޓްއިން ޑިސްކޯޑް ގަނެފިނަމަ ހާމަވެގެންދަނީ އެކުންފުނީގެ ވީޑިއޯ ގޭމް ޔުނިޓް ތަރައްގީ ކުރުމަށް އެކުންފުނިން އިސްކަންދޭ މިންވަރެވެ.

މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.