ދުނިޔޭގެ އެންމެ ބޮޑު ކަރަންޓް ކާރު އުފައްދާ ކުންފުނި ޓެސްލާއިން އެކުންފުނީގެ ކާރުތަކަށް ބިޓްކޮއިން މެދުވެރިކޮށް ފައިސާ ދެއްކޭގޮތް ހަދައިފިކަމަށް އެކުންފުނީގެ ސީއީއޯ އީލަން މަސްކް ޓްވިޓާގައި ހާމަކޮށްފިއެވެ. އެގޮތުން މަސްކް ހާމަކޮށްފައިވާ ގޮތުގައި މިހާރު އެމެރިކާގައި ދިރިއުޅޭ އެކުންފުނީގެ ކަސްޓަމަރުންނަށް މިހިދުމަތް ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން އޭނާ ހާމަކޮށްފައިވާ ގޮތުގައި މިހިދުމަތް މިއަހަރު ތެރޭގައި މުޅިދުނިޔެއަށް ލިބިގެންދާނެއެވެ.
ބިޓްކޮއިން މެދުވެރިކޮށް ފައިސާ ދެއްކުމަށް އެކުންފުނިން ފުރުސަތު ހުޅުވާލާފައިވަނީ އެކުންފުނިނަ 1.5 ބިލިއަން ޑޮލަރުގެ ބިޓްކޮއިން ގަތްތާ މަހެއްހާ ދުވަސް ފަހުންނެވެ.
މީގެ އިތުރުން ފާހަނގަކޮށްލަން ޖެހޭކަމަކީ ޓެސްލާއިން ބިޓްކޮއިން ޕޭމަންޓް ބަލައިގަތުމަށް އެއްވެސް ތާޑް ޕާޓީ ހިދުމަތެއް ބޭނުން ނުކުރާކަމެވެ. އަދި މަސްކް ހާމަކޮށްފައިވާ ގޮތުގައި މި މަސައްކަތަށް އެކުންފުނިން ބޭނުންކުރަނީ އޯޕަން ސޯސް ސޮފްޓްވެއާއެކެވެ. މީގެ އިތުރުން އޭނާ ވަނީ ބިޓްކޮއިން އިން ފައިސާ ދެއްކުމުން އެކުންފުނިން ބިޓްކޮއިން ފިއަޓް އަށް ބަދަލުނުކޮށް ނޯޑަލް ވޮލެޓްގައި ގެންގުޅޭނެ ކަމުގެ ޔަގީންކަން ދީފައިއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި