ލެނޯވޯ އިން މުޅިން އައު ކްރޯމްބުކް ތަކެއް ބާޒާރަށް ނެރެފިއެވެ. މީގެ ތެރޭގައި ހިމެނެނީ ތައުލީމީ ދާއިރާއަށް ހާސަކޮށް ތައާރަފް ކުރެވުނު 14އީ ޖެން 2، 100އީ، 300އީ އަދި 500އީ ޖެން 3 ކްރޯމްބުކްއެވެ.
ކޮވިޑް-19 އާއި ގުޅިގެން އަގު ހެޔޮ ކްރޯމް ބޭސްޑް ޑިވައިސް ތަކުގެ މަގްބޫލުކަން އެކިއެކި ދާއިރާތަކުގައި ހާއްސަކޮށް ތައުލީމީ ދާއިރާގައި ވަނީ އިތުރުވެފައިއެވެ. އެހެންކަމުން ލެނޯވޯ އިން އަލަށް ބާޒާރަށް ނެރުނު ކްރޯމްބުކްތަކަކީ މުޅިންވެސް ތައުލީމާ ދާއިރާއަށް ހާއްސަވެފައިވާ އުފެއްދުންތަކެކެވެ. އަލަށް ބާޒަރަށް ނެރުނު މިއުފެއްދުންތަކުގައި ފާހަނގަކޮށްލެވޭ ބަދަލަކަށް ފެންނަނީ މިހާރު ހުރި ޑިޒައިންތަކުގެ ބަދުލަގައި އައު ޑިޒައިން ތަކެއް ހިމެނިފައިވުމެވެ.
ލެނޯވޯ ޖެން 2 14 އިންޗީގެ 14އީ ކްރޯމްބުކް އަކީ އޭއެމްޑީ ޕްރޮސެސާއެއް ހިމެނޭ ޑިވައިސްއެކެވެ. މި މޮޑެލްގެ އިތުރު މައުލޫމާތު ހާމަކޮށްފައި ނުވީނަމަވެސް މި މޮޑެލްގެ އަގުތަކަށް ބަލާލާއިރު ބޮޑަށް ބެލެވެނީ މިއީ ލޯ-ޕަވާޑް ޑިވައިސްތަކެއް ކަމަށެވެ. އެގޮތުން މި ޑިވައިސްގައި 4 އަދި 8 ޖީބީ ރެމް އަދި 64 ޖީބީގެ މެމޮރީ ހިމެނޭނެއެވެ. މީގެ އިތުރުން ޗާޖްކުރުމަށް ޔޫއެސްބީ-ސީ ޕޯޓަކާއި، 2 ޔޫއެސްބީ-އޭ ޕޯޓްއާއި، 3.5 މިލިމީޓަރުގެ ހެޑްފޯން ޖެކަކާއި އަދި އެޗްޑީއެމްއައި ޕޯޓެއް މި ޑިވައިސްގައި ހިމެނޭނެއެވެ. މި ޑިވައިސްގެ ފެށޭ އަގަކީ 334 ޑޮލަރެވެ.
ލެނޯވޯ އިން މިފަހަރު ތައާރަފްކޮށްފައިވާ އެންމެ އަގުހެޔޮ ކްރޯމްބުކް އަކީ 100އީ ޖެން 3 ކްރޯމްބުކްއެވެ. މި ޑިވައިސްގައި ހިމެނެމީ 11.6 އިންޗީގެ ޑިސްޕްލޭއެކެވެ. މި ޑިވައިސްގައިވެސް އޭއެމްޑީ ޕްރޮސެރެއް ހިމެނިފައިވެއެވެ. ނަމަވެސް މި ޑިވައިސްގައި ލިބެންހުރީ ހަމައެކަނި 4 ޖީބީ ރެމް އަދި 32 ޖީބީ މެމޯރީ އެވެ. ލެނޯވޯ 14އީ ގައި ހިމެނިފައިވާ ހުރިހާ ޕޯޓެއްވެސް މިޑިވައިސްގައި ހިމެނެއެވެ.
ލެނޯވޯ 300އީ ޖެން 3 ކްރޯމްބުކް އަކީ ޓަޗްސްކްރީން އެއް ހިމެނޭ ޑިވައިސްއެކެވެ. މިޓަޗް ސްކްރީނަކީ ގޮރިއްލާ ގްލާސް އިން އުފައްދާފައިވާ ސްކްރީނެކެވެ. މީގެއިތުރން މި ޑިވައިސް އާއިއެކު ސްޓައިލަސް އެއްވެސް ހިމެނިފައިވެއެވެ. މިޑިވައިސް ގައިވެސް އޭއެމްޑީ ޕްރޮސެސާއަކާއި 64 ޖީބީ ސްޓޯރޭޖް އަދި 4 ޖީބީ ރެމް އެއް ހިމެނިފައިވެއެވެ. މީގެ އިތުރުން މި ކްރޯމްބުކްގައ ވީޑިއޯކޯލް ތަކަށް ހާއްސަކޮށް 5 މެގަޕިކްސެލް ކެމެރާއެއް ހިމެނެއެވެ. މި ކްރޯމްބުކްގެ އަގަކީ 359 ޑޮލަރެވެ.
ލެނޯވޯގެ ކްރޯމްބުކް 500އީ ޖެން 3 އަކީ ފެން ނުވަންނަ ގޮތަށް ތައްޔާރު ކުރެވިފައިވާ ޑިވައިސްއެކެވެ. މި ޑިވައިސް އަކީ 11.6 އިންޗީގެ ޑިސްޕްލޭއެއް ހިމެނިފައިވާ ޑިވައިސްއެކެވެ. މީގެއިތުރުން މިޑިވައިސް ގެ ޑިސްޕްލޭ ފަރުމާކުރެވިފައިވަނީ ގޮރިއްލާ ގްލާސް ބޭނުންކޮށްގެންނެވެ. އޭއެމްޑީ ޕްރޮސޭސާއެއްގެ ބަދަލުގައި މި ޑިވައިސްގައި ބޭނުންކޮށްފައިވަނީ އިންޓެލް ސެލެރޮން އެން5100 ގެ ޕްރޮސެސާއެކެވެ. މި ޑިވައިސްގައި 8 ޖީބީ ރެމްއަކާއި 64 ޖީބީ މެމޮރީ އަދި ޔޫއެސްބީ-ސީ ޖެން 3.2 ގެ ޕޯޓަކާއި، އެޗްޑީއެމްއައި އަދި 2 ޔޫއެސްބީ-އޭ ޕޯޓް ހިމެނިފައިވެއެވެ. މީގެ އިތުރުން މި ޑިވައިސްގައި މައިކްރޯއެސްޑީ ކާޑް ރީޑަރެއްވެސް ހިމެނިފައިވެއެވެ. މި ޑިވައިސްގެ އަގަކީ 429 ޑޮލަރެވެ.
ލެނޯވޯ އިން އަލަށް ބާޒާރަށް ނެރުނު ކްރޯމްބުކްތަށް މެއި 2021 އިން ފެށިގެން އެކުންފުނީގެ ވެބްސައިޓް އިން އާންމުކޮށް ލިބެންހުންނާނެއެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް