ވިންޑޯޒް10 ގެ އައު އަޕްޑޭޓާއި އެކު އައިކަންތަށް ބަދަލުވެއްޖެ

އިސްމާއިލް އަލީ 26 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މައިކްރޯސޮފްޓް އިން އެކުންފުނީގެ ވިންޑޯޒް 10 އަށް ގެނައި އަޕްޑޭޓްތަކުން ވިންޑޯޒް 10 އިން ފެނިގެންދާ ގިނަ އައިކަން ތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ. އެގޮތުން އެކުންފުނިން ވަނީ މި ބަދަލުތަކާއި ވިންޑޯޒް 10 އަށް ގެނައި އިތުރު ބަދަލުތަށް ވިންޑޯޒް 10 އިންސައިޑާ ޕްރިވިއު ބިލްޑް 21343 މެދުވެރިކޮށް ދައްކާލާފައިއެވެ.

މި ބަދަލުތަކުގެ ތެރެއިން އެންމެ ފާހަނގަކޮށްލެވޭ ބަދަލަކީ ފައިލް އެކްސްޕްލޯރާ އަށް އަލަށް އިތުރު ކުރެވުނު އައިކަންތަކެވެ. މައިކްރޯސޮފްޓް އިން ވަނީ މިދިޔަ އަހަރު ތެރޭގައި ވިންޑޯޒް 10 ގެ އައިކަންތަކަށް މަޑުމަޑުން ބަދަލުތަކެއް ގެންނަން ފަށާފައިއެވެ. އެގޮތުން އެކުންފުނިން ވަނީ ނޯޓްޕެޑް ގެ އައިކަން އަށްވެސް ވަރަށް ފަހުން ބަދަލުތަކެއް ގެނެސްފައިއެވެ. މިފަހުން އައިކަން ތަކަށް ގެނެވުނު ބަދަލުތަކުގައި ރީސައިކަލް ބިން، ޑޮކިއުމަންޓްސް ފޯލްޑާ އަދި ހާޑް ޑްރައިވް ފަދަ އައިކަންތަށް ހިމެނެއެވެ.

މައިކްރޯސޮފްޓް އިން މިގެނައި ބަދަލުތަކާއި އެކު ވިންޑޯޒް 10 އިތުރަށް ޒަމާނާއި އެއްގޮތަށް ބަދުވެގެން ދާނެއެވެ. އައިކަންތަކަށް ގެނައި ބަދަލުތަކާއި އެކު އެކުންފުނިން ވަނީ ވިންޑޯޒް 10 އަށް އިތުރު ބޮޑެތި ބަދަލުތަކެއް ގެނެސް ވިންޑޯޒް 10 މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތަށް އިތުރަށް ތަރައްގީކޮށްފައިއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.