މިހާރުން މިހާރަށް އައިފޯނު އަޕްޑޭޓް ކުރުން ވަރަށް މުހިންމު

މުހައްމަދު ރައްޔާން 27 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެޕަލް ގެ ކަސްޓަމަރުންނަކީ އާނުމުކޮށް އެކުންފުނީގެ އޯއެސް އަޕްޑޭޓްތަށް ލިބޭއިރަށް ވީހާވެސް އަވަހަކަށް އެ އަޕްޑޭޓްތަށް ޑައުންލޯޑް ކުރާފާރާތްތަކެކެވެ. ނަމަވެސް ސެކިއުރިޓީ މައްސަލަތަކާއި ގުޅިގެން އައިފޯން، އައިޕެޑް ނުވަތަ އެޕަލް ވޮޗް ގެންގުޅޭ ފަރާތްތަކުން މިހާރުން މިހާރަށް އައިއޯއެސް 14.4.2 އަދި އެޕަލް ވޮޗް އޯއެސް 7.3.3 އަށް ވީހާވެސް އަވަހަކަށް އަޕްޑޭޓް ކުރަންވީއެވެ.

ބޮޑެތި ސޮފްޓްވެއާ އަޕްޑޭޓްތަކުގައި ހިމެނޭ ގިނަ ހިދުމަތްތަކުގެ ބަދަލުގައި އައިއޯއެސް 14.4.2، އައިޕެޑްއޯއެސް 14.4.2 އަދި ވޮޗްއޯއެސް 7.3.3 ގައި ހިމެނެނީ ޔުނިވާސަލް ކްރޮސް ސައިޓް ސްކްރިޕްޓިން މެދުވެރިކޮށް ދިމާވާ ސެކިއުރިޓީ މައްސަލަތަކާއި ދެކޮޅަށް ނެރޭ ސެކިއުރިޓީ ޕެޗްތަކެކެވެ. މި އަޕްޑޭޓް އިންސްޓޯލް ނުކުރާނަމަ ޝައްކުކުރެވޭ ވެބްސައިޓް ތަކަށް ވަނުމުން އެކިއެކި ސެކިއުރިޓީ މައްސަލަތަށް ދިމާވުން ގާތެވެ.

އެޕަލް އިން މި އަޕްޑޭޓް ތަކުގައި ހިމަނާފައިވާ ޕެޗަކީ ސީވީއީ 1879-2021 ގައި ގޫގަލް ގެ ތްރެޓް އެނަލިސިސް ގްރޫޕުގެ މެމްބަރުން ހިމަނާފައިވާ ތްރެޓެކެވެ. އެގޮތުން މި ތްރެޓް އަކީ އެޕަލްގެ އައިފޯނު 6 އިން ފެށިގެން ހުރިހާ ފޯނުތަކާއި އައިޕެޑް ޕްރޯ ގެ ހުރިހާ މޮޑެލްތަށް އަދި އެޕަލް ވޮޗް ސީރީޒް 3 އަކުން ފެށިގެން ފަހުގެ މޮޑެލްތަކަށް އަސަރުކުރާނެ ތްރެޓެކެވެ. އެހެންކަމުން މީގެ ނުރައްކާ އެޕަލްގެ ފަހުގެ ހުރިހާ ފޯނުތަކާއި އައިޕެޑް އަދި އެޕަލް ވޮޗް އަށް އެބައޮތެވެ.

އެޕަލް އިން ހާމަކޮށްފައިވާ ގޮތުގައި މި އަޕްޑޭޓަކީ ވަރަށް މުހިންމު ސެކިއުރިޓީ އަޕްޑޭޓެއް ކަމަށެވެ. މީގެ އިތުރުން އެކުންފުނިން ވަނީ އެކުންފުނީގެ ޑިވައިސްތަށް ބޭނުންކުރާ ހުރިހާ ފަރާތްތަކުންވެސް މި އަޕްޑޭޓް އެޅުމަށް އިރުޝާދު ދީފައިއެވެ.

މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.