ޓެކްނޮލޮޖީގެ ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ބިލިއަނަރުންގެ ޒާތީ ދިރިއުޅުމާއިމެދު ސުވާލު އުފެދޭހެއްޔެވެ؟ ނުވަތަ އެމީހުން ގެންގުޅެނީ ކޮންކަހަލަ ފޯނެއްތޯ ސުވާލު އުފެދޭހެއްޔެވެ. ޓެކް ބިލިއަނަރުންނަކީ އެމީހުންގެ ޒާތީ މައުލޫމާތު ވަރަށް ބޮޑަށް ސިއްރުކޮށްގެން އުޅޭ ބައެކެވެ. އެހެންނަމަވެސް ކުރިން މި ބަޔާންކޮށްލެވުނު ސުވާލުތަކުގެ ޖަވާބު ތިރީގައި މިއޮތީއެވެ.
ބިލް ގޭޓްސް
މައިކްރޯސޮފްޓް ގެ ބާނީ ބިލް ގޭޓްސް އަކީ އައިފޯނެއް ބޭނުންކުރަން ޖެހިއްޖެ ހާލަތެއް އަތުވެއްޖެނަމަ ބޭނުންކުރުމަށްޓަކައި އައިފޯނެއް ގެންގުޅޭ ފަރާތެކެވެ. ނަމަވެސް އޭނާ އާންމުކޮށް ގެންގުޅެނީ އެންޑްރޮއިޑް ފޯނެކެވެ. އަދި ފާހަނގަކޮށްލަން ޖެހެނީ އޭނާ ގެންގުޅޭ އައިފޯނަކީ އެންމެފަހުގެ އައިފޯނެއް ނޫންކަމެވެ. ގޭޓްސް މިހާރު ގެންގުޅެނީ އައިފޯން 5އެސް އެއްކަމަށް ރިޕޯޓްތަކުން ބުނެއެވެ.
ޖެފް ބެޒޮސް
އެމޭޒަންގެ ބާނީ ޖެފް ބެޒޮސް 2012 ވަނަ އަހަރު ބޭނުންކޮށްފައިވަނީ ބްލެކްބެރީ ފޯނެކެވެ. އަދި އެމޭޒަންގެ ފަޔާ ފޯނު ނެރުމުގެ ކުރިން އޭނާ އެންމެ ފަހުން ފެނިފައިވަނީ ސެމްސަން ފޯނެއް ގެންގުޅެނިކޮށެވެ. ނަމަވެސް އޭނާ މިހާރު ގެންގުޅޭ ފޯނާއި ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް އެނގިފައިނެތެވެ.
އިވާން ސްޕީގަލް
ސްނެޕްޗެޓްގެ ބާނީ އިވާން ސްޕީގަލް އަކީ އައިފޯނު ގެންގުޅޭ ފަރާތެކެވެ. އޭނާ ގެންގުޅެނީ ކޮން މޮޑެލް އެއްގެ އައިފޯނެއްކަން ނޭނުގަން އޭނާ ވަރަށް ފަހުން ހާމަކޮށްފައިވާ ގޮތުގައި އޭނާ އައިފޯނަށް ކަވަރެއް ބޭނުމެއްނުކުރެއެވެ.
އީލަން މަސްކް
ޓެސްލާގެ ސީއީއޯ އީލަން މަސްކް އަކީ އޭނާ ބޭނުންކުރާ ފޯނާއިބެހޭގޮތުން އެއްވެސް މައުލޫމާތެއް އާންމުކޮށްފައިވާ ފަރާތެއް ނޫނެވެ. ނަމަވެސް އެކިއެކި އިންޓަވިއު ތަކުގައި އޭނާ ވަނީ އައިފޯނު އަދި އައިޕެޑަށް ތައުރީފުކޮށް ވާހަކަ ދައްކާފައިއެވެ. އެހެންކަމުން ބެލެވޭ ގޮތުގައި އޭނާ އަކީ އައިފޯނު ގެންގުޅޭ ފަރާތެކެވެ.
މާކް ޒަކަބާގް
ފޭސްބުކްގެ ބާނީ މާކް ޒަކަބާގް އަކީ އައިފޯނު ގެންގުޅޭ ފަރާތެކެވެ. މީގެ އިތުރުން އޭނާއާއި އެޕަލް ކުންފުނީގެ ވެރިންނާއި އޮންނަ ގާތް ގުޅުމުގެ ސަބަބުން އޭނާ އަށް އެންމެ ފަހުގެ އައިފޯނު ހިލޭ ލިބޭ ކަމަށްވެއެވެ.
ޓިމް ކުކް
މި ސުވާލުގެ ޖަވާބު ވަރަށްވެސް ފަސޭހައެވެ. އެޕަލްގެ ސީއީއޯ ޓިމް ކުކް އަކީ އައިފޯނު އަދި އެޕަލްގެ އުފެއްދުންތަށް ނޫން އެއްޗެއް ބޭނުންކުރާ ފަރާތެއް ނޫނެވެ. އެގޮތުން އޭނާ ވަނީ ތަފާތު އެކި އާންމު ތަންތަނުން އައިފޯނުގެ އެންމެ ފަހުގެ ފޯނުތަކާއިއެކު ފެނިފައިއެވެ.
ލެރީ ޕޭޖް އާއި ސާޖީ ބްރިން
ގޫގަލްގެ ބާނީން ކަމަށްވާ ލެރީ ޕޭޖް އާއި ސާޖީ ބްރިން އަކީ ތަފާތު އެކި މޮޑެލް ތަކުގެ އެންޑްރޮއިޑް ފޯނު ބޭނުންކުރާ ފަރާތްތަކެކެވެ. އެގޮތުން ސާޖީ ބްރިން ކުރިން ގެންގުޅުނީ ނެކްސަސް ފޯނެކެވެ. ނަމަވެސް މިހާރު ބެލެވޭ ގޮތުގައި އޭނާ ގެންގުޅޭނީ ގޫގަލް ޕިކްސެލް ފޯނެކެވެ. ލެރީ ޕޭޖެ އެންމެ ފުރަތަމަ ބޭނުންކޮށްފައިވަނީ ބްލެކްބެރީ ފޯނެކެވެ.
ސުންދަރް ޕިޗައި
ގޫގަލްގެ ސީއީއޯ ސުންދަރު ޕިޗައި އެންމެ ފުރަތަމަ ސްމާޓް ފޯނެއް ގަނެފައިވަނީ 2006 ވަނަ އަހަރުގައިއެވެ. އޭނާގެ ފުރަތަމަ ފޯނު އޭނާ ގަނެފައިވަނީ 1995 އަހަރުއެވެ. އެއީ މޮޓޮރޮއްލާ ފޯނެކެވެ. 2015 ވަނަ އަހަރު އޭނާ ހާމަކޮށްފައިވާ ގޮތުގައި އޭނާގެ ގޭގައި 30-20 ދޭތެރޭގެ އަދަދަކަށް ފޯނު ހުންނާނެއެވެ. ބެލެވޭގޮތުގައި މިހުރިހާ ފޯނަކީވެސް ގޫގަލްގެ އުފެއްދުންތަކެވެ.
ޙެއްވާ މަޖާ ވައިރަލް ހަބަރު ތަކާއި އެކު ހޮޅުއަޓަށް ދިރުން ގެނައުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް