ގެޓީ އިމޭޖަސް އިން އަންސްޕްލޭޝް ގަނެފި

އިސްމާއިލް އަލީ 31 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އަންސްޕްލޭޝް ގެ ވެބްސައިޓް ގައި ހާމަކޮށްފައިވާ ގޮތުގައި ގެޓީ އިމޭޖްސް އިންވަނީ އެކުންފުނި ގަނެފައިއެވެ. އަދި މިފަދަ އެހެން މުއާމަލާތްތަކާއި ހިލާފަށް ގެޓީ އިން އަންސްޕްލޭޝް ގަތުމަށްފަހު އެކުންފުނީގެ ހިދުމަތްތަށް ހުއްޓާނުލާނެކަމަށްވެސް އަންސްޕްލޭޝް އިން ހާމަކޮށްފައިވެއެވެ.

އެކުންފުނިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އަންސްޕްލޭޝް އިން ކުރިއަށްއޮތް ތަނުގައި މަސައްކަތް ކުރަމުންދާނީ ގެޓީގެ ވަކި ބްރޭންޑެއްގެ ގޮތުގައިއެވެ. އަދި އެކުންފުނީގައި މިހާރުވެސް ހަރަކާތްތެރިވާ ޓީމު އެކުންފުނީގައި މަޑުކުރާނެކަމަށް އަންސްޕްލޭޝް އިން ވަނީ ހާމަކޮށްފައިއެވެ.

މިދިޔަ އަންސްޕްލޭޝް ބޭނުންކުރާ ފަރާތްތަކުން ވަނީ 2 ބިލިއަން ފޮޓޯ ޑައުންލޯޑް ކޮށްފައިއެވެ. އަދި އަންސްޕްލޭޝް ފޮ ބްރޭންޑްސް ތިން ގުނައަށް ކުރިއަށްޖެހިފައިވާ އިރު އެކުންފުނިންވަނީ އަންސްޕްލޭޝް ހަޔާ ނަމުގައި އައު ހިދުމަތެއް ފަށާފައިއެވެ. އަންސްޕްލޭޝް އިން ހާމަކޮށްފައިވާ ގޮތުގައި ގެޓީ އާއި ގުޅިގެން ކުރިއަށް އޮތްތަނުގައި މިދުމަތްތަށް އިތުރަށް ފުޅާވެގެންދާނެއެވެ.

މީގެ 8 އަހަރު ކުރިން 10 ވަރަކަށް ފޮޓޯ އާއިއެކު ވުޖޫދަށް އައި އަންސްޕްލޭޝް ގައި މިހާރު ގާތްގަނޑަކަށް 2 މިލިއަނެއްހާ ހައި ކޮލެޓީ އަދި ހައި ރިޒޮލޫޝަން ފޮޓޯ އެބަހުއްޓެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.