އުރީދޫއިން މަސް ނިމޭއިރު ހުންނަ ޑޭޓާ ކަނޑާނުލާ ގޮތް ހަދަނީ

އިސްމާއިލް އަލީ 01 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އުރީދޫ މޯލްޑިވްސް ގެ ހިދުމަތް ހޯދާ ފަރާތްތަކަށް މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ ކަނޑާނުލާ ބޭނުންކުރެވޭ ގޮތް ހެދުމަށް ނިންމާފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ. އެގޮތުން އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން ވަނީ މަސް ނިމޭ އިރު ބާކީ ހުންނަ ޑޭޓާ ބޭނުންކުރެވޭ ގޮތުގެ އުސޫލެއް ހަދައި މިމަހު އެއަށް އަމަލު ކުރަން ނިންމާފައިއެވެ.

މި ނިންމުމާއިއެކު އުރީދޫ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މަސް ނިމޭ އިރު ނަގާފައިވާ ޑޭޓާ ޕެކޭޖްގެ ބާކީބައި ޖެހިގެން އަންނަ މަހުގައި ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނިޔާޒު ވިދާޅުވެފައިވަނީ މަސް ނިމޭއިރު ހުންނަ ޑޭޓާ އަނެއް މަސް ފެށެންވާއިރަށް ކެނޑޭ މައްސަލަ އަކީ ހުރިހާ ކަސްޓަމަރުންގެ ވެސް ޝަކުވާ އެއްކަމަށާއި އެކަން ހައްލު ކުރަން އެކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ނިޔާޒު ވަނީ މި މަހު މަސް ނިމޭ އިރު ބާކީ ހުންނަ ޑޭޓާ ބޭނުންކުރެވޭ ގޮތުގެ އުސޫލަށް އަމަލު ކުރާނެކަން ކަށަވަރުކޮށްދެއްވާފައިއެވެ. އެގޮތުން މިކަމާއި ބެހޭގޮތުން އިތުރު މައުލޫމާތެއް އެކުންފުނިން ހާމަކޮށްފައި ނުވީނަމަވެސް ނިޔާޒު ވިދާޅުވެފައިވަނީ "އަޅުގަނޑުމެން ކޮށްދޭނަން އެކަންތައް އެނގޭތޯ. އޭޕްރީލް މަހުގައި އެކަން ކުރާނެ" ކަމަށެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.