ސޮނީ އިން ވަނީ އެކުންފުނީގެ އެކްސްޕީރިއާގެ ރަސްމީ ޔޫޓިއުބް ޕޭޖުގެ ބެނާގައި މި އެޕްރީލް މަހުގެ 14 ވަނަ ދުވަހު އެކްސްޕީރިއާގެ އައު ޑިވައިސް އެއް ދައްކާލާނެކަން އިއުލާންކޮށްފައިއެވެ. އެކުންފުނިން މިކަން އެކްސްޕީރިއާގެ ރަސްމީ ޔޫޓިއުބް ޗެނަލް ގައި ހާމަކޮށްފައިވުމުން ބެލެވެނީ މި ޑިވައިސް އާންމުކުރުމަށް ބާއްވާ ހަރަކާތް މި މަންސަ މެދުވެރިކޮށް ލައިވް ކުރާނެކަމަށެވެ.
ސޮނީ އިން ދައްކާލަނީ ކޮންކަހަލަ ޑިވައިސް އެއްކަން ހާމަކޮށްފައިނުވީނަމަވެސް އެކްސްޕީރިއާ 1 III ގެ ނަމުގައި އެކުންފުނިން ފޯނެއް ބާޒާރަށް ނެރުމަށް މަސައްކަތް ކުރަމުންދާކަމުގެ އަޑުތަކެއް ވަނީ ފެތުރިފައިއެވެ. އެގޮތުން މި ފޯނަކީ އެހެން ކުންފުނިތަކުގެ ފްލެގެޝިޕް ފޯނުތަކާއި ވާދަކޮށްލެވޭ ވަރުގެ ފޯނަކަށް ވާނެކަމަށްވެއެވެ. މި ފޯނުގައި 6.5 އިންޗީގެ 4ކޭ އޯލެޑް ޑިސްޕްލޭ އަކާއި ސޮނީގެ ސައިބާޝޮޓް ޑިވިޝަނުން އުފައްދާފައިވާ ޕެރިސްކޯޕް ލެންސެއްވެސް ހިމެނޭނެކަމަށް ވެއެވެ.
މީގެ އިތުރުން މި ފޯނުގައި ކުއަލްކޮމްގެ އެންމެ ފަހުގެ ސްނެޕްޑްރެގަން 888 ޕްރޮސެސަރަކާއި 16 ޖީބީ ރެމް އަދި 512 ޖީބީ މެމޮރީ ވެސް ހިމެނޭނެކަމަށް ވަނީ އަޑުފެތުރިފައިއެވެ. މީގެ އިތުރުން މި ފޯނުގައި އެސްޑީ ކާޑު ސްލޮޓަކާއި ހެޑްފޯން ޖެކެއް ހުންނާނެކަމަށް ބެލެވެއެވެ. ރިޕޯޓުތަށް ބުނާ ގޮތުގައި މި ފޯނުގެ އަގަކީ ގާތްގަނޑަކަށް 1370 ޑޮލަރެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި