އެމެރިކާގެ އަސްކަރިއްޔާ އިން ހާމަކޮށްފައިވާ ގޮތުގައި ހޮލޯލެންސް އޯގްމެންޓެޑް ރިއާލިޓީ ހެޑްސެޓް އުފެއްދުމަށް އެ މުއައްސަސާއިން ވަނީ މައިކްރޯސޮފްޓާއި ހަވާލުކޮށްފައިއެވެ. މި އެއްބަސްވުމުގެ ދަށުން މައިކްރޯސޮފްޓުން އެމެރިކާގެ އަސްކަރިއްޔާ އަށް 120،000 ހެޑްސެޓް ފޯރުކޮށްދޭނެއެވެ. މި އެއްބަސްވުމަކީ މައިކްރޯސޮފްޓަށް ގާތްގަނޑަކަށް 21.88 ބިލިއަން ޑޮލަރުގެ ފާއިދާއެއް ލިބިގެންދާނެ އެއްބަސްވުމެކެވެ.
އެމެރިކާގެ އަސްކަރިއްޔާއިން މި އެއްބަސްވުމާއި ބެހޭ މައުލޫމާތު ހާމަކުރުމާއިއެކު މައިކްރޯސްފްޓްގެ ހިއްސާގެ އަގު ވަނީ އުފުލިފައިއެވެ. އެގޮތުން 1.7 އިންސައްތައިގެ ކުރިއެރުމަކާއިއެކު މައިކްރޯސޮފްޓްގެ ހިއްސާއެއްގެ އަގު ވަނީ 235.77 ޑޮލަރަށް އުފުލިފައިއެވެ.
މީގެ ކުރިން 2018 ވަނަ އަހަރުވެސް މައިކްރޯސޮފްޓާއި އެމެރިކާގެ އަސްކަރިއްޔާ އިން ވަނީ އިންޓަގްރޭޓެޑް ވިޝުއަލް އޯގްމެންޓެޑް ސިސްޓަމް ފޯރުކޮށްދިނުމަށް 480 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިއެވެ.
ހޮލޯލެންސް ހެޑްސެޓަކީ ރޭގަނޑު ވެސް ބޭނުންކުރަން އެކަށޭނެ ގޮތަށް ތާމަލް ސެންސާތަށް ހިމަނައިގެން ތައްޔާރުކޮށްފައިވާ އެއްޗެކެވެ. މީގެ އިތުރުން ހޮލޯލެންސް އަކީ ހަތިޔާރެއް އަމާޒުކުރުމަށްވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ. އެމެރިކާގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާގޮތުގައި މި ހެޑްސެޓްގެ ސަބަބުން އެގައުމުގެ އަސްކަރިއްޔާއިން ކުރިއަށް ގެންދާ ތަމްރީނުތަކާއި އޮޕަރޭޝަންތަށް އެއް ސިސްޓަމެއްގައި ކުރިއަށްގެންދިއުމަށް މަގުފަހިވުމުގެ ސަބަބުން އަސްކަރިއްޔާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
މީގެ އިތުރުން އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓަށް ކްލައުޑް ބޭސްޑް ހިދުމަތް ދިނުމަށް 2019 ވަނަ އަހަރު ކުރެވުނު އިއުލާނަކާއި ގުޅިގެން މައިކްރޯސޮފްޓުން ވަނީ އެމޭޒަން އާއި ވާދަކޮށް މިކޮންޓްރެކްޓްވެސް ކާމިޔާބު ކޮށްފައިއެވެ. މި އެއްބަސްވުމަކީ ބެލެވޭގޮތުގައި ގާތްގަނޑަކަށް 10 ބިލިއަން ޑޮލަރުގެ އެއްބަސްވުމެކެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި