އިންސްޓަގްރާމް އިން ރިމިކްސް ނަމުގައި އައު ހިދުމަތެއް ތައާރަފްކޮށްފިއެވެ. ރިމިކްސް އަކީ ރީލްސް ވީޑިއޯ އެއް އެހެން ފަރާތަކުން ޕޯސްޓްކޮށްފައިވާ ވީޑިއޯއަކާއި އެކު ރިކޯޑްކުރުމުގެ ފުރުސަތު ދޭ ހިދުމަތެކެވެ. މި ހިދުމަތަކީ ޓިކްޓޮކް ގެ ޑުއެޓްސް ހިދުމަތާއި ދާދި އެއްގޮތަކަށް ފަރުމާކުރެވިފައިވާ ހިދުމަތެކެވެ.
އިންސްޓަގްރާމް އިން މިހިދުމަތް ރަސްމީކޮށް ތައާރަފްކުރުމުގެ ކުރިން އާންމުންގެ މެދުގައި މި ހިދުމަތުގެ ޓެސްޓުތަކެއް ކޮށްފައިވާތީ އިންސްޓަގްރާމް ބޭނުންކުރާ ބައެއް ފަރާތްތަކަށް މީގެކުރިން ވާނީ މި ހިދުމަތަށް އެކްސެސް ލިބިފައިއެވެ. އިންސްޓަގްރާމް އިން ރިމިކްސް ގެ ނަމުގައ ހިދުމަތެއް ތައާރަފްކޮށްފައިވާ އިރު ފާހަނގަކޮށްލަން ޖެހެނީ ޓިކްޓޮކްގެ ޑުއެޓްސް އާއި ވާދަކުރުމަށް ސްނެޕްޗެޓް އިންވެސް ރިމިކްސް ނަމުގައި ހިދުމަތެއް ފަށަން މަސައްކަތްކުރަމުންދާކަމެވެ.
ޓިކްޓޮކްގެ ޑުއެޓްސް އަކީ ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކަށް އެހެން ފަރާތްތަކުން އަޕްލޯޑްކޮށްފައިވާ ވީޑިއޯތަކަށް ޖޯކުޖެހުމާއި އަދި ރިއެކްޝަން ވީޑިއޯ ފަދަ ވީޑިއޯ ތައްޔާރުކޮށްލެވޭ ހިދުމަތެކެވެ. މީގެ ކުރިން ޓިކްޓޮކްގެ މިހިދުމަތާއި ވާދައަށް ޔޫޓިއުބް އާއި ސްނެޕްޗެޓް އަދި އިންސްޓަގްރާމް އިން ތައާރަފްކުރި ހިދުމަތްތަކުން ޓިކްޓޮކް އާއި ގާތްކުރެވޭ ވަރެއް ނުވެއެވެ. ނަމަވެސް ރިމިކްސް އޮން ރީލްސް އަކީ ޓިކްޓޮކް ޑުއެޓްސް ގޮތަށް އެހެން ފަރާތްތަކާއި މުއާމަލާތް ކުރެވޭނެ ހިދުމަތަކަށް ވުމުން މި ހިދުމަތް މަގުބޫލުވެގެންދާނެ ކަމަށް ބެލެވެއެވެ.
ރިމިކްސް އޮން ރީލްސް ބޭނުންކުރަން ފެށުމުން ސްކްރީން ދެފަޅިއަށް ބެހިގެންދާނެއެވެ. އެގޮތުން އެއްފަޅިން ފެނިގެންދާނީ އަސްލު ވީޑިއޯ އެވެ. އަނެއް ފަޅިންފެނިގެންދާނީ އަލަށް ރިކޯޑްކުރެވޭ ވީޑިއޯއެވެ. މި ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް އެމީހުން ރިކޯޑް ކުރާ ވީޑިއޯއާއި އަސްލު ވީޑިއޯއަށް އެކިއެކި ބަދަލުގެނެވޭނެއެވެ. އެގޮތުން ވޮއިސްއޯވާ ފަދަ އެކިއެކި ތަފާތު އެޑިޓްކޮށްލެވޭނެއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި