މައިކްރޯސޮފްޓް އެޖްއަށް ގެންނަ އައު އަޕްޑޭޓަކާއި އެކު އެޖް ބޭނުންކުރާ ފަރާތްތަކުން ވެބްސައިޓް ތަކަށް ވަންނައިރު އޮޓޯއިން ހުޅުވޭ ވީޑީއޯ ނުވަތަ އޮޓޯޕްލޭ ވީޑިއޯތަށް ބްލޮކްކުރާނެއެވެ. އެގޮތުން ޓެކްޑޯސް އިން ރިޕޯޓް ކުރާގޮތުގައި މައިކްރޯސޮފްޓްއިން މިފަދަ އައު އަޕްޑޭޓްތަށް އާންމުންނާއި ހަމަޔަށް ދޫކޮށްލުމުގެ ކުރިން ޓެސްޓްކުރުމަށް ބޭނުންކުރާ މައިކްރޯސޮފްޓް އެޖް ކެނަރީ ބްރައުޒާގައި މިހާރު މި ފީޗާ ފެންނަން އެބަހުއްޓެވެ.
މެކް، ވިންޑޯޒް އަދި ލިނަކްސް ގައި ބޭނުންކުރުމަށް މައިކްރޯސޮފްޓް އިން ތައްޔާރު ކުރަމުންދާ އަޕްޑޭޓަށް ދީފައިވާ ނަމަކީ އޮޓޯޕްލޭ ލިމިޓް ޑިފޯލްޓް ސެޓިންއެވެ. މިނަމުން ދޭހަވަނީ މައިކްރޯސޮފްޓްއިން ކުރިއަށް އޮތްތަނުގައި އެޖްގައި އޯޓޯޕްލޭ ވީޑިއޯ ބްލޮކްކުރާނެ ކަމެވެ.
މިހާރު އެޖް ބޭނުންކުރާ ފަރާތްތަކަށް އަމިއްލައަށް އޮޓޯޕްލޭ ވީޑިއޯ ބްލޮކްކޮށްލެވޭނެއެވެ. ނަމަވެސް އެޖްގައި ޑިފޯލްޓްކޮށް އޮޓޯޕްލޭ ވީޑިއޯ މިހާރު އަމިއްލައަށް ހުޅުވޭނެއެވެ. ނަމަވެސް މިބްރައުޒާ ބޭނުންކުރާ ފަރާތްތަކުން ކުރީގައި އޮޓޯޕްލޭ ވީޑިއޯ ބްލޮކްކޮށްފައިވާ ވެބްސައިޓަކަށް ދެވަނަ ފަހަރަށް ޒިޔާރަތްކުރާއިރު އޮޓޯޕްލޭ ވީޑިއޯތަށް ހުންނާނީ ބްލޮކްކުރެވިފައިއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި