ކަނޑުއަޑީ ކޭބަލަކުން އެމެރިކާއާ އިރުމަތީ އޭޝިއާ ގުޅުވާލަނީ

އިސްމާއިލް އަލީ 03 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ފޭސްބުކް އާއި ގޫގަލް ގުޅިގެން އިންޓަނެޓް ސްޕީޑް އަވަސްކޮށް އިންޓަނެޓް ހިދުމަތް ފުޅާކުރުމަށްޓަކައި ކެލިފޯނިއާ އާއި ދެކުނުއިރުމަތީ އޭޝިއާ އާއި ދެމެދު ކަނޑުއަޑީގެ އިންޓަނެޓް ކޭބަލްތަކެއް އެޅުމަށް ނިންމައިފިއެވެ.

ފޭސްބުކް އިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން އަލަށް އެޅުމަށް ނިންމާފައިވާ އެކޯ އަދި ބައިފްރޮސްޓް 2 ކޭބަލަށް އިންވެސްޓްކުރާނެއެވެ. އަދި ގޫގަލް އިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިންވެސް އެކޯ ކޭބަލް އަށް އިންވެސްޓް ކުރާނެއެވެ. އެކޯ އަދި ބައިފްރޮސްޓް ކޭބަލްތަކުން އުތުރު އެމެރިކާއާއި ސިންގަޕޫރު އަދި އިންޑޮނޭޝިއާ ގުޅާލާނެއެވެ.

މި ދެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މި ޕްރޮޖެކްޓްގެ ސަބަބުން މުޅި ދުނިޔޭގެ އިންޓަނެޓް ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ. އެގޮތުން ފޭސްބުކް އިން ހާމަކޮށްފައިވާ ގޮތުގައު މި ކޭބަލްތަކުގެ ސަބުން އެތައް މިލިއަން މީހުންނަށާއި ވިޔަފާރިތަކަށް ފައިދާވެގެން ދާނެއެވެ. މީގެ އިތުރުން ގޫގަލް އިން ހާމަކޮށްފައިވާ ގޮތުގައި މި ކޭބަލްތަކުގެ ސަބަބުން ގޫގަލް ކްލައުޑްގެ ހިދުމަތް ހޯދާ ފަރާތްތަކަށް ލޭޓެންސީ ކުޑަ ކުރެވިގެން ދާނެއެވެ.

ގޫގަލް އިން ހާމަކޮށްފައިވާ ގޮތުގައި އެކޯ ބޭނުންކުރެވޭވަރު ވާނީ 2023 ވަނަ އަހަރުގައިއެވެ. އަދި ބައިފްރޮސްޓްގެ މަސައްކަތް ނިންމާލުމަށް އަމާޒުކުރަނީ 2024 ވަނަ އަހަރަށެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.