ޑީޖޭއައި އެއާ 2އެސް ގެ ފޮޓޯތަކެއް ލީކުވެއްޖެ

މުހައްމަދު ރައްޔާން 08 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޑީޖޭއައި އިން އަދި އާންމުކޮށްފައިނުވާ ޑިޖޭއައި އެއާ 2އެސް ޑްރޯންގެ ފޮޓޯތަކެއް ލީކްކޮށްލައިފިއެވެ. މި ޑްރޯންގެ ފޮޓޯ ލީކްކޮށްލާފައިވަނީ އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަން ކޮމިޝަނަށް މި ޑްރޯންއާއި ބެހޭ މައުލޫމާތު ހުށަހައެޅިތާ މާގިނަ ދުވަހެއް ނުކޮށެވެ. އެފްސީސީ އަށް މި ޑްރޯންގެ މައުލޫމާތު ހުށަހައެޅުމާއިއެކު ބެލެވެނީ މި ޑްރޯން ވަރަށް އަވަހަށް ބާޒާރަށް ނެރޭނެކަމަށެވެ. ޑީޖޭއައި އެއާ 2އެސް އަކީ މީގެ ކުރިން ބާޒާރަށް ނެރުނު މެވިކް އެއާ 2 ގެ އަޕްގްރޭޑެކެވެ. އެގޮތުން މެވިކް އެއާ 2 އަށް ވުރެ ރަނގަޅު ކެމެރާއާކާއި އެކު މި ޑްރޯން ޑީޖޭއައި ގެ އެންމެ ފަހުގެ އުފެއްދުންތަށް ކަމަށްވާ ވީ2 ގޮގުލްސް އަދި މޯޝަން ކޮންޓްރޯލާ އާއި އެކު ބޭނުންކޮށްލެވޭނެއެވެ.

ލީކްކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި މި ޑްރޯންގައި 1 އިންޗި، 20 މެގަޕިކްސެލްގެ ސެންސާ އެއްހިމެނޭނެއެވެ. މިއީ މެވިކް އެއާ 2 އަށްވުރެ ރެޒޮލޫޝަން ދަށް ސެންސާއެކެވެ. މި ސެންސާއަކީ މެވިކް 2 ޕްރޯ ގެ ސެންސާތަކާއި ވައްތަރު ސްޕެކްތަކެއްގެ ސެންސާއަކަށް ވުމުން މެވިކް އެއާ 2 ގެ ސެންސާއަށް ވުރެ ރިޒޮލޫޝަން ދަށްވިޔަސް މި ޑްރޯންގެ ފޮޓޯ ކޮލެޓީ ރަނގަޅުވާނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން ޑްރޯންޑީޖޭ އިން އާންމު ކޮށްފައިވާ ރިޕޯޓްތަކަށް ބަލާއިރު މި ޑްރޯން ޑީޖޭއައި ގެ އެފްޕީވީ ޑްރޯން އާއިއެކު ތައާރަފު ކުރެވުނު ވީ2 ގޮގުލްސް އަދި ކޮންޓްރޯލާ އާއިއެކު މަސައްކަތް ކުރާނެއެވެ. މި ގޮގުލް މެދުވެރިކޮށް މި ޑްރޯން ފަސްޓްޕާސަން މޯޑުގައި ބޭނުންކޮށްލެވޭނެއެވެ.

މި ޑްރޯން އަށް ގެނެވިފައިވާ ކުދިކުދި ބަދަލުތަކަށް ބަލާއިރު ޑީޖޭއައި ގެ އުފެއްދުންތަކުގައި ބޭނުންކުރާ މެވިކް ބްރޭންޑް ނަން ބޭނުންކޮށްފައިނުވާކަން ފާހަނގަކޮށްލެވެއެވެ. މީގެ އިތުރުން މި ޑްރޯން ގައި ޑީޖޭއައި އެކްޓިވް ޓްރެކް 4 ހިމެނިފައިވެއެވެ. މެވިކް އެއާ 2 އާއި އެއްވަރެއްގެ ބެޓްރިއެއް މިޑްރޯންގައި ހިމެނޭއިރު މި ޑްރޯންއަކީ މެވިކް އެއާ 2 އަށްވުރެ 30 ގްރާމް ބަރު ޑްރޯންއެކެވެ.


މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.