އެމްސްޓަޑާމް ގެ މަގުތަށް ސާފުތާހިރުކޮށް ބަލަހައްޓައި ކުނިމަދުކުރުމުގެ ގޮތުން އެސިޓީ ގެ އެންމެ ތޮށްޖެހިފައިވާ ސަރަހައްދުތަކުގައި ކުނި ނަގާ ލޮރީގެ ބަދަލުގައި ކަރަންޓް ބޯޓު ބޭނުންކުރުމުގެ ޓެސްޓް ޕްރޮގްރާމެއް ފަށައިފިއެވެ. އެ ސިޓީގެ ދެ ސަރަހައްދެއްގައި 6 މަސްދުވަސް ވަންދެން މި ޓެސްޓް ޕްރޮގްރާމް ކުރިއަށް ގެންދެވޭނެއެވެ.
މި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ކުރިއެކޭ އެއްގޮތަށް ކުނި ބޭރަށް ނެރުމުން އެ ސިޓީގެ މުނިސިޕަލް ފެން ކުންފުނިން ހިންގާ ބޯޓު ތަކަކަށް މިކުނި ނެގޭނެއެވެ. އަދި އެޔަށް ފަހު މި ބޯޓުތަށް މެދުވެރިކޮށް ކުނި ޕްރޮސެސްކުރާ ޕްލާންޓްތަކަށް ގެންދެވޭނެއެވެ.
މީގެ އިތުރުން އެމްސްޓަޑާމް ގެ ކުނި މެނޭޖްކުރުމުގެ ނިޒާމަކީވެސް ޑިޖިޓަލް ނިޒާމެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ބައެއް މަގުތަކުގައި ބިމުގެ އަޑީގައި ބަހައްޓާފައި ހުންނަ ކޮންޓެއިނަރުތަކަށް ކުނިއެޅޭ ގޮތަށް ފަރުމާކުރެވިފައިވާ ޑަސްބިން ބެހެއްޓިފައިވެއެވެ. އެގޮތުން މި ޑަސްބިންތަށް ފުރުމުން އެކަން އެނގުމަށްޓަކައި އޮޓޯ މެސެޖްތަކެއް ފޮނުވައެވެ.
އެމްސްޓަޑާމްގެ ސިޓީ ކައުންސިލް އިން ހާމަކޮށްފައިވާ ގޮތުގައި 6 މަސްދުވަހުގެ މި ޕްރޮގްރާމަށްފަހު އެ ސިޓީގައި ދިރިއުޅޭ މީހުން މި ޕްރޮގްރާމާއި މެދު ދެކޭގޮތް ބެލޭނެއެވެ. މީގެ އިތުރުން އެ ކައުންސިލް އިން ހާމަކޮށްފައިވާ ގޮތުގައި އިލެކްޓްރޯނިކް ކާގޯ ބައިކް މެދުވެރިކޮށް އެސިޓީގެ ބައެއް ހިސާބުތަކުން ކުނިނެގުމުގެ މަސައްކަތް ކުރުމަށް އެކަންސިލުން ވަނީ ނިންމާފައިއެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް