އަޑުއިވުމުގައި މައްސަލަ ހުންނަ ފަރާތްތަކަށް ހާއްސަކޮށް ޓިކްޓޮކް އިން އޮޓޯ ކެޕްޝަންސް ތައާރަފްކޮށްފިއެވެ. މި ހިދުމަތް މެދުވެރިކޮށް ވީޑިއޯ ތަކުގައި ދައްކާ ވާހަކަ ސްކްރީނުން ފެނިގެންދާނެއެވެ. އެގޮތުން އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މިހިދުމަތް ފުރަތަމަ ލިބިގެންދާނީ އިނގިރޭސި އަދި ޖަޕާނު ބަހުންނެވެ. މީގެ އިތުރުން އިތުރު ބަސްތަށް ކުރިއަތް އޮތްތަނުގައި އިތުރުކުރާނެ ކަމަށްވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ.
އޮޓޯ ކެޕްޝަންސް ބޭނުން ކުރުމަށްޓަކައި ވީޑިއޯ އުފައްދާ ފަރާތްތަކުން ވީޑިއޯ ރިކޯޑު ނުވަތަ އަޕްލޯޑު ކުރުމަށްފަހު އެޑިޓިން ޕޭޖުން އޮޓޯ ކެޕްޝަން ހިޔާރުކުރަންޖެހޭނެއެވެ. އެޔަށްފަހު ކެޕްޝަންގެ ގޮތުގައި ފެނިގެންދާނެ ލިޔުމުގައި މައްސަލައެއް ހުރިތޯ ބަލައި ރަނގަޅުކުރުމުގެ ފުރުސަތުވެސް ވީޑިއޯ ޕަބްލިޝް ކުރުމުގެ ކުރިން ލިބިގެންދާނެއެވެ.
ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުން މިހާރުވެސް ޓެކްސްޓް އޯވާލޭ އަދި ތާޑްޕާޓީ ސަބްޓައިޓްލް ޓޫލްސް ބޭނުންކޮށްގެން ވީޑިއޯތަކުގައި ކެޕްޝަން ހިމަނައެވެ. މީގެ އިތުރުން ސިރީ ކަހަލަ އަޑަކުން އިވިގެންދާ ޓެކްސްޓް ޓު ސްޕީޗް އަކީވެސް ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ މެދުގައި މަގްބޫލު ހިދުމަތެކެވެ. ނަމަވެސް މިހުރިހާ ހިދުމަތްތަކަކާއި ހިލާފަށް އޮޓޯ ކެޕްޝަން އަކީ ވީޑީއޯ ބަލާ ފަރާތް ބޭނުންނަމަ ނިއްވާލެވޭނެ ހިދުމަތެކެވެ.
ޓިކްޓޮކް އިން އޮޓޯ ކެޕްޝަންސް ތައާރަފްކޮށްފައިވާ އިރު ފޭސްބުކް، އިންސްޓަގްރާމް އަދި ޔޫޓިއުބް އިން މީގެކުރިން ވަނީ އެ މަންސަތަށް ބޭނުންކުރާ ފަރާތްތަކަށް ފަސޭހައިން ވީޑިއޯތަކުގައި ކެޕްޝަން ހިމެނޭނެގޮތް ހަދާފައިއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި