އެކްސްބޮކްސް ގޭމް ޕާސް އަށް ޓަޗް ކޮންޓްރޯލް ތައާރަފްކޮށްފި

އިސްމާއިލް އަލީ 10 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މައިކްރޯސޮފްޓް އިން އެކްސްބޮކްސް ގޭމް ޕާސްގައި ހިމެނޭ 50 އަށްވުރެ ގިނަ ކްލައުޑް ބޭސްޑް ގޭމްތަކަށް ޓަޗް ކޮންޓްރޯލް ތައާރަފްކޮށްފިއެވެ. މައިކްރޯސޮފްޓް އިން މިކަން ހާމަކޮށްފައިވަނީ އެކްސްބޮކްސްގެ ވެބްސައިޓްގައި އޭޕްރީލް މަހު އެކުންފުނިން އަލަށް ބާޒާރަށް ނެރޭ ގޭމްތަކާއި ގުޅޭގުތުން އާންމުކޮށްފައިވާ ބްލޮގް ޕޯސްޓެއްގައިއެވެ.

އެކްބޮކްސް ޓަޗް ކޮންޓްރޯލް އެންމެ ފުރަތަމަ ފެނިގެން ގޮސްފައިވަނީ ސެޕްޓެމްބަރ 2020 ގައި މައިކްރޯސޮފްޓް ޑަންޖަންސް އާއި އެކުއެވެ. މިހާރު އެކުންފުނިން ނިންމާފައި މިވަނީ އެކްސްބޮކްސް ގޭމް ޕާސްގައި ހިމެނޭ 50 އަށްވުރެ ގިނަ ގޭމްތަކަށް މި ހިދުމަތް ބޭނުންކުރެވޭ ގޮތް ހެދުމަށެވެ.

މި ނިންމުމާއިއެކު އެންޑްރޮއިޑް ވަސީލަތްތަށް ބޭނުންކުރާ ފަރާތްތަކަށް އެކްސްބޮކްސް ގޭމް ޕާސް އެޕްލިކޭޝަން މެދުވެރިކޮށް ކޮންޓްރޯލާއެއް ބޭނުންނުކޮށް އެކްސްބޮކްސް ކްލައުޑް ގޭމްތަށް ކުޅެލެވޭނެއެވެ. މިނިންމުމުގެ ސަބަބުން ސީ އޮފް ތީވްސް، ޑެސްޕަރާޑޯސް 3، އެލޫސިވް އޭޖް، ގިއާޒް 5 އަދި މިފަދަ އެތަށް ގޭމްތަށް ކޮންޓްރޯލާއަކާއި ނުލައި ކުޅެވޭނެއެވެ.

ގޭމް ޕާސްގެ އެހެން ހަބަރަކަށް ބަލާލާއިރު 2020 ވަނަ އަހަރު ގޭމް ޕާސް ދޫކޮށް ދިއުމަށްފަހު އަނެއްކާވެސް މި މަހު މަޝްހޫރު ގޭމް ޖީޓީއޭ 5 ގޭމްޕާސް އަށް އަންނާނެއެވެ. މި އޭޕްރިލް މަހު ޒޮމްބީ އާމީ 4: ޑެޑް ވޯ، އެމްއެލްބީ ދި ޝޯ ގެ އިތުރުން އެތަށް ގޭމްތަކެއް ގޭމް ޕާސް އަށް އަންނާނެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.