އޭލިއަންވެއާ އިން އެމް16 ރޭޒެން އާރް 5 ލެޕްޓޮޕް ބާޒާރަށް ނެރެފިއެވެ. މި ލެޕްޓޮޕަކީ އެކުންފުނިން ފާއިތުވި ދިހަ އަހަރަށް ފަހު އޭއެމްޑީ ޕްރޮސެސާއަކާއި އެކު އުފެއްދި ފުރަތަމަ ގޭމިން ލެޕްޓޮޕްއެވެ.
މި ލެޕްޓޮޕަކީ 15 އިންޗީގެ ފުލް އެޗްޑީ ޑިޕްސްޕްލޭ އެއް ހިމެނޭ ލެޕްޓޮކެވެ. އެހެންކަމުން މި ލެޕްޓޮޕް ވެގެންދާނީ ފާސްޓް އެކްޝަން ޝޫޓާ ގޭމްތަކަށް ވަރަށް ރަނގަޅު އުފެއްދުމަކަށެވެ.
މި ލެޕްޓްގައި ލޯ ބްލޫ ލައިޓް ޓެކްނޮލޮޖީ ޓީޔޫވީ ސާޓިފިކޭޝަނާއި، އެންވީޑިއާ ޖީ-ސިންކް އަދި އެޑްވާންސް އޮޕްޓިމަސް ޓެކްނޮލޮޖީ ހިމެނެއެވެ. މީގެ އިތުރުން ގޭމް ކުޅޭ ވަގުތު ވާ އުނދަގޫތަކުން ސަލާމަތް ކުރުމަށް ޑާކް ކޯ ނަމަކަށް ކިޔާ ފީޗާއެއް މި ލެޕްޓޮޕްގައި ހިމެނިފައިވެއެވެ. އެގޮތުން މި ފިޗާއިން ލެޕްޓޮޕްގެ އިންޓީރިއާ ޝޭޑް އަދިރިކޮށްލަދެއެވެ. މީގެ އިތުރުން މިލެޕްޓޮޕްގައި އޭމްޑީ ރޭޒެން 5000 އެޗް ސީރީޒް ގެ މޯބައިލް ޕްރޮސެސަރަކާއި އެންވީޑިއާ ގެ އާރްޓީއެކްސް 30 ސީރީޒް ގެ ލެޕްޓޮޕް ގްރެފިކްސް ޕްރޮސެސިން ޔުނިޓެއް ހިމެނެއެވެ.
މި ލެޕްޓޮޕަކީ އެކުންފުނިން 3200 މެގަހާޓްޒް ގެ ޑީޑީއާރް4 މެމޮރީ އާއިއެކު އުފައްދާ ފުރަތަމަ 15 އިންޗީގެ ލެޕްޓޮޕެވެ. މި ލެޕްޓޮޕްގަތުމަށްފަހު ބޭނުންވާނަމަ މި މެމޮރީ މީގައި އެކުލެވޭ އެސްއޯ-ޑީއައިއެމްއެމް 2 ސްލޮޓް މެދުވެރިކޮށް އަޕްގްރޭޑްކޮށްލެވޭނެއެވެ. އެންމެފަހުން އޭއެމްޑީ ޕްރޮސެސަރަކާއި އެންވީޑިއާ ގްރެފިކްސް ހިމަނައިގެން އެކުންފުނިން ލެޕްޓޮޕެއް ބާޒާރަށް ނެރެފައިވަނީ 2007 ގައިއެވެ.
އޭލިއަންވެއާގެ މި ލެޕްޓޮޕް އެމެރިކާގައި އޭޕްރީލް 20 އިން ފެށިގެން ގަންނަން ލިބޭނެއެވެ. އެގޮތުން މި ލެޕްޓޮޕްގެ ފެށޭ އަގަކީ 1794 ޑޮލަރެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި