ސްޓާލިންކްގެ ހިދުމަތް 2021 ގައި މުޅި ދުނިޔެއަށް ލިބިދާނެ

އިސްމާއިލް އަލީ 11 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސްޕޭސްއެކްސް އިން ކާމިޔާބު ކަމާއިއެކު މިދިޔަ ތިން މަހުގެ ތެރޭގައި ޖައްވަށް ފޮނުވާލި އަށްވަނަ ސްޓާލިންކް ސެޓެލައިޓް ފޮނުވާލުމުގެ އެއްދުވަސް ކުރިން އެކުންފުނީގެ ސީއޯއޯ އަދި ރައީސް ޝޮޓްވެލް ހާމަކޮށްފައިވާ ގޮތުގައި އެކުންފުނީގެ ސެޓެލައިޓް ކޮންސްޓެލޭޝަން ތަކުން މަދު ދުވަސް ކޮޅެއްގެ ތެރޭގައި މުޅިދުނިޔެއަށް އިންޓަނެޓް ހިދުމަތް ދެވޭވަރު ވާނެއެވެ.

އޭޕްރީލް 6 ވަނަ ދުވަހު އޭނާ ހާމަކޮށްފައިވާ ގޮތުގައި 28 އޮޕަރޭޝަނަލް ސްޓާލިންކް ސެޓެލައިޓް ޖައްވުގެ ތެރެއަށް ފޮނުވާލުމަށްފަހު މަދުދުވަސް ކޮޅެއްގެ ތެރޭގައި އެކުންފުނީގެ އަމާޒު ހާސިލްވާނެއެވެ. އޭނާ މިކަން ހާމަކުރިތާ 25 ގަޑިއިރު ފަހުން ސްޕޭސްއެކްސް އިން ވަނީ އެކުންފުނިން މިއަހަރު ޖައްވަށް ފޮނުވާލާ 490 ވަނަ ސްޓާލިންކް ސެޓެލައިޓް ޖައްވަށް ފޮނުވާލާފައިއެވެ.

އޭޕްރީލް 7 ވަނަ ދުވަހު ސްޕޭސްއެކްސް އިން ޖައްވަށް ފޮނުވާލާފައިވާ ސެޓެލައިޓަކީ އެކުންފުނިން ކާމިޔާބު ކަމާއިއެކު ޖައްވަށް ފޮނުވާލާފައިވާ 23 ވަނަ އޮޕަރޭޝަނަލް ވީ1.0 ސެޓެލައިޓެވެ. ސްޕޭސްއެކްސް އިން މިހާތަނަށް ޖައްވަށް ފޮނުވާފައިވާ 1383 ސެޓެލައިޓްގެ ތެރެއިން 1369 ސެޓެލައިޓް ޖައްވުގައި ދައުރުވަމުން އެބަދެއެވެ.

އެހެންކަމުން ގިނަ އަދަދެއްގެ ސެޓެލައިޓް ފެއިލްވުން ފަދަ މައްސަލަތަކާއި ކުރިމަތިލާން ނުޖެހިއްޖެނަމަ ނުވަތަ ސެޓެލައިޓްތަށް ދަތުރުކުރަންޖެހޭ އޯބިޓަށް ދިއުމަށް ގިނަ ދުވަސްތަކެއް ނުނަގާނަމަ ސްޕޭސްއެކްސް ބޭނުންވާވަރަށް ޖައްވުގައި ސެޓެލައިޓް ހަރަކާތްތެރިވާނެއެވެ. އެގޮތުން ގާތްގަނޑަކަށް 1700 ސެޓެލައިޓާއި އެކު ހުއްޓުމެއްނެތި މުޅި ދުނިޔެއަށް ސްޓާލިންކްގެ ކަވަރޭޖް 2021 ވަނަ އަހަރުގެ 3 ވަނަ ކުއާޓާގައި (ސެޕްޓެމްބަރ މަހުގައި) ލިބިގެންދާނެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.