ވިލް.އައި.އޭމް ސްމާޓް މާސްކެއް ބާޒާރަށް ނެރެފި

އިސްމާއިލް އަލީ 11 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ބްލެކް އައިޑް ޕީސް ގެ މަޝްހޫރު ރެޕް ލަވަ ކިޔުންތެރިޔާ ވިލް.އައި.އޭމް ހަނީވެލް އާއި ގުޅިގެން ސްމާޓް މާސްކެއް ބާޒާރަށް ނެރެފިއެވެ. ތަފާތު އެކި ފީޗާތަށް ހިމެނޭ މިމާސްކް މިހާރު ބާޒާރުގައި ލިބެންހުރީ 299 ޑޮލަރަށެވެ.

މި މާސްކަކީ ނޮއިޒް ކެންސަލިން ހެޑްފޯނާއި މައިކްރޯފޯނު އަދި މީގެ އިތުރުން ބްލޫޓޫތު އަދި 3 ޑުއަލް ސްޕީޑް ފަންކާ އާއި ލެޑްލައިޓް ހިމެނޭގޮތަށް ފަރުމާކުރެވިފައިވާ މާސްކެކެވެ.

މި މާސްކު ފަރުމާކޮށްފައި ވަނީ ވިލް.އައި.އޭމް، ހަނީވެލް އަދި އީލަން މަސްކްގެ ސްޕޭސްއެކްސް ސޫޓުތަށް ފަރުމާކޮށްފައިވާ ޑިޒައިނަރާއި ގުޅިގެންނެވެ.

https://www.instagram.com/p/CM6G0lfFwzW

މިމާސްކް އާއިއެކު މާސްކަށް ހާއްސަ ފޮށްޓަކާއި، 3 މަސްދުވަހަށް ވާވަރަށް ފިލްޓަރު އަދި ޗާޖުކުރާ ކޭބަލް ލިބިގެންދާނެއެވެ.

މިމާސްކަށް އެފްޑީއޭ ގެ ކްލިއަރެންސް އަދި ލިބިފައިނުވިޔަސް އެފްޑީއައި އިން ވަނީ އާންމުނާއި ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ކުއްލިހާލަތުގައި މިމާސްކް ބޭނުންކުރުމުގެ ހުއްދަ ދީފައިއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.