ގޫގަލް ފޮޓޯޒް ގެ އައު ވީޑިއޯ އެޑިޓާ ތައާރަފްކޮށްފި

އިސްމާއިލް އަލީ 13 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ގޫގަލް އިން އެކުންފުނީގެ ފޮޓޯ ހިދުމަތްތަކުން ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި އެކުންފުނީގެ ކަސްޓަމަރުންނަށް ޖޫން މަހުން ފެށިގެން ގޫގަލް ފޮޓޯޒް ގެ ސްޓޯރޭޖްއަށް ފައިސާ ދެއްކުމަށް ވަނީ އަންގާފައިއެވެ. މީގެ އިތުރުން މިހާރުވެސް އެކުންފުނިންވަނީ މިއެޕްލިކޭޝަން މެދުވެރިކޮށް ލިބޭ ބައެއް ހިދުމަތްތަށް ފައިސާ ދެއްކުމުން ލިބޭގޮތަށް ހަދާފައިއެވެ. ނަމަވެސް މި މަސައްކަތާއިއެކުވެސް އެކުންފުނިން ގެންދަނީ ހިލޭ ބޭނުންކުރެވޭ ބައެއް ހިދުމަތްތަށްވެސް މި އެޕްލިކޭޝަނަށް އިތުރުކުރަމުންނެވެ. އެގޮތުން ގޫގަލް ފޮޓޯޒްގެ ފަހުގެ ވާޝަންގައި އެންމެނަށް ހިލޭ ބޭނުންކޮށްލެވޭ ގޮތަށް އައު ބަދަލުތަކަކާއިއެކު ވީޑިއޯ އެޑިޓަރެއް ވަނީ ހިމަނާފައިއެވެ.

ވާއަތް ފަރާތުގައި ކުރީގެ ވާޝަން. ކަނާއަތް އަދި މެދުގައި އައު ވާޝަން


މި އައު ވީޑިއޯ އެޑިޓަރަކީ ކުރީގެ ވާޝަން އަށްވުރެ ބާރުގަދަ އެޑިޓަރެކެވެ. އެގޮތުން ކުރީގެ ވާޝަންގައި ހަމައެކަނި ވީޑިއޯ ސްޓެބިލައިޒްކޮށް، ރޯޓޭޓްކޮށް އަދި ޓްރިމް ކުރެވުނަސް ފަހުގެ ވީޑިއޯ އެޑިޓަރުގައި ވަނީ މީގެ އިތުރުން އައު ފީޗާތަކެއް ހިމަނާފައިއެވެ. އެގޮތުން ކްރޮޕިން، ވަކިވަކި ފްރޭމް އެކްސްޕޯޓް ކުރުން، ހޮރައިޒޯން ކަރެކްޝަން އަދި އޯޑިއޯ ރިމޫވަލް ފަދަ މުޅިން އައު ފީޗާސް މި ވާޝަންގައި ހިމަނާފައިވެއެވެ. މީގެ އިތުރުން މި ވީޑިއޯ އެޑިޓާގައި ގޫގަލް ފޮޓޯޒް ގެ ފޮޓޯ އެޑިޓިން ފިލްޓާޒް ތަށްވެސް ބޭނުންކޮށްލެވޭނެއެވެ.

މިއައު ވީޑިއޯ އެޑިޓާ މިހާރު އެންޑްރޮއިޑް ހުރިހާ ފޮނުތަކަކަށް ދޫކޮށްފައިވާ އަޕްޑޭޓެއް މެދުވެރިކޮށް ޑައުންލޯޑްކޮށްލެވޭނެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.