އެޕިކް ގޭމްސް އިން 2020 ގައި 444 މިލިއަން ޑޮލަރު ހޭދަކުރި

އިސްމާއިލް އަލީ 13 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެޕިކް ގޭމްސް އިން ދަނީ ޑިޖިޓަލްކޮށް ގޭމް ވިއްކުމުގެ ވިޔަފާރީގައި އެކުންފުނީގެ ހިއްސާ ބޮޑު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެކުންފުނިން ވަނީ އެތަށް ގޭމް ތަކަކާއިއެކު އެކްސްކްލޫސިވް ޑީލްތަކެއް ހަދާފައިއެވެ. މީގެ އިތުރުން އެކުންފުނީގެ ކަސްޓަމަރުންނަށް ހިލޭ ބައެއް ގޭމް ލިބޭގޮތްވެސް ވަނީ ހަދާފައިއެވެ. މިހުރިހާ ކަމަކަށްވެސް އެކުންފުނިން ވަނީ ބޮޑެތި ހަރަދުތަކެއް ކޮށްފައިއެވެ. އެޕިކް އާއި އެޕަލް ކުންފުންޏާއި ދެމެދު އުފެދިފައިވާ ދެބަސްވުމެއްގެ ޝަރީއަތުގައި ހާމަވެފައިވާ ގޮތުގައި 2020 ވަނަ އަހަރު އެކްސްކްލޫސިވް ގޭމްތަށް ހޯދުމަށް އެޕިކް އިން ވަނީ 444 މިލިއަން ޑޮލަރު ހޭދަކޮށްފައިއެވެ.

އެޕިކް އިން ކޮށްފައިވާ މި އިންވެސްޓްމަންޓަކީ އެކުންފުންޏަށް އަބަދު ފައިދާވާ އިންވެސްޓްމަންޓް ތަކެއް ނޫނެވެ. އެގޮތުން 2020 ވަނަ އަހަރު އެޕިކް ގޭމްސް ސްޓޯ އަށް ކޮށްފައިވާ އިންވެސްޓްމަންޓް ތަކުން އެކުންފުންޏަށް 273 މިލިއަން ޑޮލަރުގެ ގެއްލުމެއް ވާނެކަމަށް ލަފާކޮށްފައިވެއެވެ.

އެޕިކް އިން ޖެނުއަރީ ގައި ހާމަކޮށްފައިވާ އެޕިކް ގޭމްސް ސްޓޯގެ 2020 ވަނަ އަހަރުގެ ތަފާސްހިސާބު ތަކަށް ބަލާލާއިރު ކޮމްޕިއުޓަރު މެދުވެރިކޮށް ގޭމް ކުޅޭ ފަރާތްތަކުން 700 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޭދަކޮށްފައިވެއެވެ. މީގެ ތެރެއިން 37 އިންސައްތަ އަކީ ތާޑް ޕާޓީ ގޭމްތަކަށް ހޭދަކޮށްފައިވާ މިންވަރެވެ. މީގެ އިތުރުން މިދިޔަ އަހަރު އެޕިކް އިން 103 ގޭމް ހިލޭ ކަސްޓަމަރުންނަށް ދޫކޮށްލާފައިވެއެވެ. މި ގޭމްތަކުގެ 749 ކޮޕީ އެކުންފުނީގެ ކަސްޓަމަރުން ބޭނުންކޮށްފައިވެއެވެ.

އެޕިކް އިން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށްއޮތް ދެ އަހަރު އެކުންފުނިން ޕަބްލިޝްކޮށްފައިވާ ގޭމްތަކަށްވުރެ ގިން އެކްސްކްލޫސިވް ގޭމްތަށް އެކުންފުނީގެ ސްޓޯ އިން ލިބިގެންދާނެއެވެ. އެހެންކަމުން މިއަހަރު އެކުންފުނިން 444 މިލިއަނަށްވުރެ ގިނައިން ހޭދަކުރާނެކަމަށް ބެލެވެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.