ޕީއެސް5 ގޭމްތަށް ޔޫއެސްބީ ޑްރައިވް ގައި ރައްކާކޮށްލެވޭނެ

މުހައްމަދު ރައްޔާން 14 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސޮނީ އިން ޕީއެސް5 ބާޒާރަށް ނެރުނުފަހުން އާންމުކުރާ ފުރަތަމަ ސިސްޓަމް އަޕްޑޭޓް 14 އޭޕްރީލްގައި ޕީއެސް5 ބޭނުންކުރާ މީހުންނަށް ދޫކޮށްލާފައި އެވެ. އެގޮތުން މިއަޕްޑޭޓް އަށްފަހު ޕީއެސް5 ގޭމްތަށް ޔޫއެސްބީ ޑްރައިވްއެއްގައި ރައްކާކޮށްލެވޭނެއެވެ. ނަމަވެސް ޕީއެސް4 ގޭމަތަށް ސީދާ ޔޫއެސްބީ ޑްރައިވްގައި ބަހައްޓައިގެން ކުޅެވުނަސް ޕީއެސް5 ގައި މިކަމެއް ނުކުރެވޭނެއެވެ. ކަންމިހެން ހުރިކަމުގައި ވިޔަސް ގޭމް ސީޑީއިން ނުވަތަ ގޭމްތަށް ޑައުންލޯޑް ކޮށްގެން އިންސްޓޯލް ކުރުމަށްވުރެ އަވަހަށް ޔޫއެސްބީ ޑްރައިވް އެއްގައި ހުންނަ ގޭމް އިންސްޓޯލް ކޮށްލެވޭނެއެވެ.

ސޮނީއިން މީގެ ކުރިން ޕީއެސް5 އަށް ލިބޭނެކަމަށް ވައުދުވެފައިވާ އެމް.2 އެސްއެސްޑީ ގެ ހަބަރެއް މިފަހަރުގެ އަޕްޑޭޓާއި އެކުވެސް އެކުންފުނިން ހާމަކޮށްފައިނުވެއެވެ. މިއަޕްޑޭޓްގައި ހިމެނޭ ކްރޮސް ޖެނެރޭޝަން ޝެއާ ޕްލޭގެ ސަބަބުން ޕީއެސް4 ގެންގުޅޭ ފަރާތްތަކާއިއެކު ގޭމްކުޅުމަށް ވަނީ އިތުރަށް ފަސޭހަވެފައިއެވެ.

މީގެ އިތުރުން މި އަޕްޑޭޓް މެދުވެރިކޮށް ގޭމް ބޭސްގެ ތަފާތު އެކިއެކި ފީޗާތަށްވެސް ވަނީ އަޕްޑޭޓްކުރެވިފައިއެވެ. އެގޮތުން ވަގުތު ސަލާމަށްކުރުމުގެ ގޮތުން ގޭމްތަކުގެ އަޕްޑޭޓްތަށް ލިބުމުން އެ އަޕްޑޭޓްތަށް ޕްރީ ޑައުންލޯޑް ކޮށްލެވޭނެއެވެ. މީގެ އިތުރުން ފާހަގަކޮށްލަންޖެހެނީ ޕްލޭސްޓޭޝަން އެޕް އަށްވެސް ވަރަށް އަވަހަށް އަޕްޑޭޓެއް ލިބިގެންދާނެކަމެވެ. މިއަޕްޑޭޓް މެދުވެރިކޮށް މަލްޓި ޕްލެޔާ ޕީއެސް5 ސެޝަންތަކުގައި ބައިވެރިވެވޭނެއެވެ.

މި އަޕްޑޭޓާއިއެކުވެސް ޕީއެސް5 ގައި ހިމެނޭ އެސްއެސްޑީ ގައި ގިނަ ގޭމްތަކެއް ރައްކާނުކުރެވޭތީ ޖައްސާ މައްސަލަތަކަށް ހައްލެއް ނުލިބޭނެއެވެ.

މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.