އެޕަލްގެ ސްޕްރިންގް ލޯޑެޑް އިވެންޓް އެޕްރީލް 20ގައި ބާއްވަނީ

މުހައްމަދު ރައްޔާން 16 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

2021 ވަނަ އަހަރަށް އެޕަލް ކުންފުނިން އައު އުފެއްދުންތަކެއް ދައްކާލުމަށް ތައްޔާރު ވެއްޖެއެވެ. އެގޮތުން އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނީގެ ކެލިފޯނިއާ އޮފީހުގައި 20 އޭޕްރީލްގައި މިކަމަށް ހާއްސަ ހަރަކާތެއް އޮންނާނެއެވެ. އޮންލައިންކޮށް ބާއްވާ މި ހަރަކާތް އެޕަލްގެ ވެބްސައިޓުން ބަލާލެވޭނެއެވެ.

މި ހަރަކާތުގެ ނަމަކަށް އެކުންފުނިން ދީފައިވާ ނަމަކީ ސްޕްރިންގް ލޯޑެޑް އެވެ. މިހަރަކާތުގެ ލޯގޯއަކީ ވަރަށް ކުލަގަދަކޮށް ކުރަހާލާފައިވާ އެޕަލްގެ ލޯގޯއެކެވެ. މި ލޯގޯގެ ޑިޒައިންގެ ސަބަބުން ބެލެވޭ ގޮތުގައި މިހަރަކާތުގައި އެޕަލް ޕެންސިލް އާއި ބެހޭ އިތުރު މައުލޫމާތު ލިބިގެން ގޮސްދާނެއެވެ.

ބްލޫމްބާގް އިން މިދިޔަމަހު ރިޕޯޓްކޮށްފައިވާ ގޮތުގައި އެޕަލް އިން ދަނީ އައު އައިޕެޑެއް ބާޒާރަށް ނެރުމަށް މަސައްކަތްކުރަމުންނެވެ. އެހެންކަމުން މި ހަރަކާތުގައި މި އައިޕެޑާއި ގުޅޭ މައުލޫމާތުވެސް ލިބިގެންގޮސްދާނެ ކަމަށް ބެލެވެއެވެ.

މި ހަރަކާތަކީ މިދިޔަ ނޮވެމްބަރުގައި އައު މެކްބުކް ދައްކާލުމަށް ބޭއްވި ހަރަކާތަށް ފަހު އެކުންފުނީގެ އުފެއްދުންތަކާއި ގުޅުވައިގެން ބާއްވާ ފުރަތަމަ ހަރަކާތެވެ.

މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.