ގެލެކްސީ އައު ޑިވައިސް އެއް އެޕްރީލް 28 ގައި ދައްކާލަނީ

ހުސެއިން އާރިފް 16 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސެމްސަން އަންޕެކްޑް ގެ ނަމުގައި ބާއްވާ ހާއްސަ ހަރަކާތެއް 28 އޭޕްރީލްގައި އޮންނާނެކަން އެކުންފުނިން ހާމަކޮށްފިއެވެ. މި ހަރަކާތަށް ދައުވަތު އަރުވަމުން އެކުންފުނިން ފޮނުވާފައިވާ ކާޑުތަކުގައި ބުނެފައިވަނީ ގެލެކްސީގެ އެންމެ ބާރުގަދަ ޑިވައިސް އަންނަނީ ކަމަށެވެ.

މީގެ އިތުރުން މިހަރަކާތާއި ބެހޭ އެއްވެސް މައުލޫމާތެއް އެކުންފުނިން ހާމަކޮށްފައި ނުވެއެވެ. ސެމްސަން އަންޕެކްޑް އެކުންފުނީގެ ވެބްސައިޓް އަދި ޔޫޓިއުބް ޗެނަލް އިން ވަގުތުން ބަލާލެވޭނެއެވެ.

ގެލެކްސީގެ އެންމެ ބާރުގަދަ ޑިވައިސް ފެންނާނެ ކަމަށް އެކުންފުނިން ހާމަކޮށްފައިވުމުން މިހަރަކާތުގައި ގެލެކްސީ ޒީ ފޯލްޑް 3 ނުވަތަ އައު ގެލެކްސީ ޓެބް އެއް ދައްކާލާނެކަމަށް ބައެއް ފަރާތްތަކުން ރިޕޯޓުކުރެއެވެ. މީގެ އިތުރުން ބައެއް ރިޕޯޓުތަކުގައި ހާމަކޮށްފައިވާ ގޮތުގައި މިހަރަކާތުގައި އެކުންފުނީގެ ލެޕްޓޮޕް އަދި ކްރޯމްބުކް ޑިވައިސްތަށް ކަމަށްވާ ގެލެކްސީ ބުކް އެސް އަދި ގެލެކްސީ ބުކް ފްލެކްސް ދައްކާލުންވެސް އެކަށީގެންވެއެވެ.

އެކުންފުނިން މި ހަރަކާތް އިއުލާންކުރަމުން ބޭނުންކޮށްފައިވާ ޓެގްލައިން "މޯސްޓް ޕަވާފުލް" އިން ރަމްޒުކޮށްދެނީ މި ހަރަކާތުގެ ތެރެއިން ފެނިގެންދާނީ އެކުންފުނީގެ ފްލެގްޝިޕް ޑިވައިސްތަށް ކަމަށްވެސް ބައެއް ހަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓްކޮށްފައިވެއެވެ. އެގޮތުން މިހަރަކާތުގައި ގެލެކްސީ 82އޭ އާއި ގެލެކްސީ ބަޑްސް 2 ފެނިގެން ނުދާނެކަމަށްވެއެވެ.



ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.