އެޖް ބްރައުސާއަށް ކުޑަކުދިންނަށް ޙާއްސަ މޯޑެއް

ޝުޖާޢަތު ރަޝީދު 16 އޭޕްރީލު 2021

މައިކްރޮސޮފްޓްގެ ބްރައުސާ އެޖްގައި މިހާރު ކުޑަކުދިންނަށް ވަކިން ޙާއްސަ މޯޑެއް އެކުލަވާލައިފިއެވެ. މި މޯޑަކީ (ކިޑްސް މޯޑް) ރައްކާތެރިކޮށް ކުޑަކުދިންނަށް އިންޓަނެޓް ބްރައުސް ކުރުމަށް އެހީވުމުގެ ގޮތުން އެޖްގައި އެކުލަވާލައިފައިވާ މޯޑެކެވެ.

ރައްކާތެރިކަމުގެ އިތުރަށް؛ ކިޑްސް މޯޑްގައި ބްރައުސާގެ ކުލަޔާއި އަދި ފެންނަ ގޮތް ބަދަލުކޮށް (ބްރައުސާ ތީމް)، ބެލެނިވެރިން ހުއްދަ ދީފައިވާ ވެބްސައިޓްތައް ބަލާލައި އަދި ބްރައުސާ ނިއްވާލާނަމަ ޕާސްވޯޑެއް ޖަހާލެވެއެވެ.

މިވަގުތު، ކިޑްސް މޯޑް ބޭނުންކުރެވެނީ އިނގިރޭސި ބަހުން ވިންޑޯޒް އަދި މެކް އޯ.އެސް ޑިވައިސްތަކުގައްޔެވެ.

ކިޑްސް މޯޑް ފެށުމަށް ބްރައުސާ ހުޅުވުމަށްފަހު ޕްރޮފައިލް އައިކަންގެ ތިރިން ކިޑްސް މޯޑް ނަގާލެވޭނެއެވެ. އަދި ކުއްޖާގެ އުމުރު ދެ ބަޔަކަށް ބެހިފައި އޭގެއިން އިޙްތިޔާރު ކޮށްލެވެއެވެ. މި ދެބަޔަކީ އުމުރުން 8-5 އަހަރަށް އަދި 9 އަހަރުން މައްޗަށް ބެހިފައި ހަދާފައިވާ ދެބަޔެކެވެ.

ފޮޓޯ: މައިކްރޮސޮފްޓް

އިންޓަނެޓުގެ ޒަރިއްޔާއިން ފެންނަ ތަކެތި ފިލްޓަރުކުރުމަށް އިތުރު ޕޭރަންޓަލް އެޕެއް ނުވަތަ އިތުރު އެކައުންޓެއް ހެދުމުގެ ބަދަލުގައި މައިކްރޮސޮފްޓް އެޖް ބޭނުން ކޮށްލުމުން ބެލެނިވެރިންނަށް ވަރަށް ފަސޭހަވެގެންދާނެކަމަށް މައިކްރޮސޮފްޓްއިން ބުނެއެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.