ނާސާގެ އާޓެމިސް ޕްރޮގްރާމްގެ ދަށުން ހަނދަށް އިންސާނުން ފޮނުވުމަށްޓަކައި ބޭނުންވާ ޖައްވީ އުޅަނދު އުފެއްދުމަށް ސްޕޭސްއެކްސް އާއި ހަވާލުކޮށްފިއެވެ.
ނާސާ އިން ހާމަކޮށްފައިވާ ގޮތުގައި މި އުޅަނދުވެގެންދާނީ ދެން އެންމެ އަވަހަށް އެމެރިކާގެ 2 އެސްޓްރޮނޯޓުން ގޮވައިގެން ހަނދަށް ދާނެ އުޅަނދަށެވެ. އާޓެމިސް ޕްރޮގްރާމްގެ ދަށުން ހަނދަށް ފޮނުވުމަށް ހަމަޖެހިފައިވާ އެއް އެސްޓްރޮނޯޓް ވެގެންދާނީ ހަނދަށް ޒިޔާރަތްކުރާ ފުރަތަމަ އަންހެން އެސްޓްރޮނޯޓަށެވެ.
ނާސާގެ އޮރަޔަން ޖައްވީ އުޅަނދުގައި 4 އެސްޓްރޮނޯޓުން ޖައްވަށް ދިއުމަށް ވަނީ ހަމަޖެހިފައިއެވެ. މީގެ ތެރެއިން 2 މީހުން ސްޕޭސްއެކްސް އިން އުފައްދާ ހިއުމަން ލޭންޑިން ސިސްޓަމް މެދުވެރިކޮށް ހަނދުގެ ސަތަހައަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައިއެވެ. މި ދަތުރުގައި މި ޓީމުން ހަނދުގެ ސަތަހައިގައި ހަފްތާއެއް ހޭދާކުރާނެ ކަމަށް ނާސާއިން ވަނީ ހާމަކޮށްފައިއެވެ.
ނާސާއިން ހާމަކޮށްފައިވާ ގޮތުގައި ސްޕޭސްއެކްސް އަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 2.89 ބިލިއަން ޑޮލަރަށެވެ. ސްޕޭސްއެކްސް އިން ތައްޔާރުކުރަމުންދާ ޖައްވީ އުޅަނދަކީ އަލުން ބޭނުންކުރެވޭ ގޮތަށް ތައްޔާރުކުރަމުންދާ އުޅަނދެކެވެ. މީގެ އިތުރުން މި އުޅަނދަކީ ހަނދުގެ އިތުރުން މާސް އަށާއި އެހެނިހެން ތަންތަނަށް ދަތުރުކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ އުޅަނދެކެވެ.
ނާސާ އިން ހާމަކޮށްފައިވާ ގޮތުގައި އާޓެމިސް ޕްރޮގްރާމްގެ ތެރެއިން ލިބެމުންދާ ކުރިއެރުމާއިއެކު މުސްތަގްބަކުގައި އިންސާނުން ގޮވައިގެން މާސް އަށް ދަތުރުކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް