ގޫގަލް އާތް އިން މޫސުމަށް އަންނަ ބަދަލުތަށް ބަލާލެވޭނެ

މުހައްމަދު ރައްޔާން 17 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މިދިޔަ 40 އަހަރުތެރޭގައި ދުނިޔޭގެ މޫސުމަށް އައިސްފައިވާ ބަދަލުތަށް މިހާރު ގޫގަލް އާތް މެދުވެރިކޮށް ބަލާލެވޭނެއެވެ. އެގޮތުން ގޫގަލް އިން އަލަށް ތައާރަފްކޮށްފައިވާ ޓައިމްލެޕްސް ފީޗާއަކީ މޫސުމަށް އަންނަ ބަދުލުތަކާއި އަދި އިންސާނުންގެ އަމަލުތަކުން ދުނިޔެއަށް އައިސްފައިވާ ބަދަލުތަށް ފެނިގެންދާނެ ގޮތަށް ފަރުމާކޮށްފައިވާ ފީޗާއެކެވެ.

ގޫގަލް އާތް ގެ ޓައިމްލެޕްސް ފީޗާ މެދުވެރިކޮށް ދުނިޔޭގެ ދެތަނޑީގައި ހުރި ގަނޑުފެން ވިރެމުންދާ މަންޒަރާއި، ދަނޑުވެރިކަން އަދި އަލިފާނުގެ ސަބަބުން ދުނިޔޭގެ އެކިހިސާބުތަކަށް ލިބިފައިވާ ގެއްލުން 4ޑީކޮށް ބަލާލެވޭނެއެވެ. މި ފީޗާ އަކީ 1984 ވަނަ އަހަރުން ފެށިގެން 2020 އާއި ހަމަޔަށް ނަގާފައިވާ ސެޓެލައިޓް ފޮޓޯ ބޭނުންކޮށްގެން އުފައްދާފައިވާ ފީޗާއެކެވެ. ގޫގަލް އިން މި މަސައްކަތުގައި ބޭނުންކޮށްފައިވަނީ ނާސާ، ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސާވޭ އަދި ޔޫރަޕިއަން ޔޫނިއަންގެ ސެޓެލައިޓް ތަކުން ނަގާފައިވާ ފޮޓޯތަކެވެ.

ގޫގަލް އިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން ވަނީ މި ފޮޓޯތަކުން ހިޔަންޏާއި ވިލާތަށް ނުފެންނަ ގޮތަށް ހަދާފައިއެވެ. އަދި ދުނިޔޭގެ ހުރިހާ ދިމާލަކުން ނަގާފައިވާ ފޮޓޯތަށް ބޭނުންކޮށްގެން އެކުންފުނިންވަނީ މި ފީޗާއަށް ބޭނުންވާ ޓައިމްލެޕްސް ވީޑިއޯތަށް އުފައްދާފައިއެވެ. މި ފީޗާ ބޭނުންކުރުމަށްޓަކައި ގޫގަލް މެޕްސްގެ ސާޗް ބާގައި ހޯދަން ބޭނުންވާ ތަނުގެ ނަން ޖަހާލުމުން މި ފީޗާގެ ޒަރިއްޔާއިން 1984 އާއި 2020 އާއި ދެމެދު އެތަނަކަށް އައިސްފައިވާ ބަދަލުތަށް ފެނިގެންދާނެއެވެ.


މީގެ އިތުރުން މި ފޮޓޯތަކުން ފެންނަ ބޮޑެތި ބަދަލުތަކުގެ ވާހަކަ ކިޔައިދިނުމުގެ ގޮތުން ގޫގަލް އިން ވަނީ އެކުންފުނީގެ ވޮޔޭޖާ ޕްލެޓްފޯމްގައި ގައިޑެޑް ޓުއާޒްތަކެއްވެސް ހިމަނާފައިއެވެ.

މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.