ސެޓެލައިޓްތަކަށް އޮތް އެންމެ ބޮޑު ބިރަކީ ސައިބާ ހަމަލާތަށް

މުހައްމަދު ރައްޔާން 18 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެމެރިކާގެ ދިފާއީ ވުޒާރާގެ ޖައްވީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ސެޓެލައިޓްތަކަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އެންމެނަށް ހީވެފައިވާ ގޮތާއި ހިލާފަށް މިސައިލަށްވުރެ ސައިބާ ހަމަލާތަކެވެ.

އެ އިދާރާއިން މިކަން ހާމަކޮށްފައިވަނީ ޗައިނާ އަދި ރަޝިއާއިން އެގައުމުގެ ލޯ-އާތް އޯބިޓިން ސެޓެލައިޓްތަކަށް ހަމަލާދެވޭނެ ގާބިލުކަން ހުރި މިސައިލްތަކެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާކަމަށް ޖާސޫސީ އިދާރާތަކުން ހާމަކޮށްފައިވަނިކޮށެވެ.

ޕެންޓަގަންގެ ސްޕޭސް ޑިވެލޮޕްމަންޓް އޭޖެންސީން ހާމަކޮށްފައިވާ ގޮތުގައި އެ އިދާރާގެ ކަންބޮޑުވުންތަށް އޮތީ ސެޓެލައިޓްތަކަށް ދީފާނެ މިސައިލް ހަމަލާއަކަށްވުރެ ބޮޑަށް ސެޓެލައިޓް ތަކަށް އަދި އެތަކެތި އުފެއްދުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް އަމާޒުކޮށްގެން ދީފާނެ ސައިބާ ހަމަލާއަކަށެވެ.

އެއިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އެއިދާރާއިން 2024 ގައި ޖައްވުގައި 100 އަށްވުރެ ގިނަ ސެޓެލައިޓް ދައުރުކުރުމުގެ އަމާޒު ހާސިލުކުރުމަށްޓަކައި 2022 ވަނަ އަހަރު ޖައްވަށް ސެޓެލައިޓްތަށް ފޮނުވުމުގެ މަސައްކަތް ފަށާނެއެވެ. އެއިދާރާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ގިނަ އަދަދެއްގެ ސެޓެލައިޓްތަކުން ގުޅާލެވިފައިވާ ނިޒާމަކަށް ވުމުން ބެލިސިޓިކް މިސައިލްތަކުގެ މާބޮޑު ގެއްލުމެއް މި ނިޒާމަކަށް ނުކުރާނެއެވެ.

މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.