އެޕަލްގެ ސްޕްރިންގް ލޯޑެޑް އިވެންޓްގައި އެކުންފުނީގެ އައު އުފެއްދުންތަކެއް ދައްކާލައިފިއެވެ. އެގޮތުން އެއާޓެގްސް، އައު އައިމެކް ޕްރޯ އަދި އައު އައިޕެޑް ޕްރޯ ވެސް މި އިވެންޓްގައި ވަނީ ދައްކާލާފައިއެވެ. މީގެ އިތުރުން އެޕަލް ޓީވީ 4ކޭ އާއި ދަނބުކުލައިގެ އައިފޯން 12 ވެސް ވަނީ މި އިވެންޓްގައި ދައްކާލާފައިއެވެ.
މި އިވެންޓްގައި ފެނިގެންދާނެ ކަމަށް ކުރިން ބެލެވުނު އައިއޯއެސް 14.5 މިއިވެންޓްގައި ފެނިގެން ގޮސްފައި ނުވެއެވެ. ނަމަވެސް އައިއޯއެސް 14.5 ކުރިއަށް އޮތް ހަފްތާ ތެރޭގައި އާންމުންނާއި ހިސާބަށް އަންނާނެއެވެ. މީގެ އިތުރުން ކުރިންވެސް ބެލެވުނު ގޮތަށް އަލަށް ތައާރަފް ކުރެވުނު އައިމެކް އަދި އައިޕެޑް ޕްރޯ ގައި އެމް1 ޗިޕް އެކުލެވިފައިވެއެވެ. ހަމައެއާއިއެކު އައިޕެޑް ޕްރޯ ވަނީ 2 ޖީބީ އިން 16 ޖީބީ އަށް ބަދަލުކޮށްފައިއެވެ. މީގެ އިތުރުން މި އައިޕެޑްގައި 5ޖީ ކަނެކްޓިވިޓީ ވެސް ހިމެނިފައިވެއެވެ.
މި އިވެންޓްގައި ދައްކާލާފައިވާ އެޕަލް ޓީވީ 4ކޭ ގައި ބޭނުންކޮށްފައިވަނީ އައިފޯނުގައި ވެސް ބޭނުންކުރާ އޭ12 ބައިއޯނިކް ޗިޕްއެވެ. މީގެ އިތުރުން ޓީވީ ކެލިބަރޭޓް ކުރުމަށް އައިފޯނުގެ ކެމެރާގައި ހިމެނޭ ސެންސަރު ބޭނުންކުރެވެއެވެ.
މި އިވެންޓްގައި އެޕަލް އިން ވަނީ އައު އެޕަލް ޕޮޑްކާސްޓްސް އެޕްލިކޭޝަންވެސް ދައްކާލާފައިއެވެ. މިއާއިއެކު މި އިވެންޓްގައި އެޕަލް އިން ހާމަކޮށްފައިވާ ގޮތުގައި މިހާރު އެޕަލް ކާޑް އާއިލާގެ އެހެންމީހުންނާއި ޝެއާ ކޮށްލެވޭނެއެވެ. މިބަދަލާއިއެކު މިކާޑަށް މިހާރު ނަންދީފައިވަނީ އެޕަލް ކާޑް ފެމިލީގެ ނަމުންނެވެ.
އެޕްލް އިން މި އިވެންޓްގައި ދައްކާލާފައި ތަކެތީގެ އަގުތަކަށް ބަލާލާއިރު އެއާޓެގްސްގެ ފެށޭ އަގަކީ 29 ޑޮލަރެވެ. އަދި 99 ޑޮލަރަށް 4 އެއާޓެގްސްގެ ޕެކެއް ލިބޭނެއެވެ. އައިޕެޑް ޕްރޯ ގެ 12.9 އިންޗީގެ އައިޕެޑްގެ ފެށޭ އަގަކީ 1099 ޑޮލަރެވެ. މީގެ އިތުރުން އައިޕެޑް ޕްރޯ 11 އިންޗީގެ އައިޕެޑްގެ ފެށޭއަގަކީ 799 ޑޮލަރެވެ. މީގެ އިތުރުން އެމް1 ޗިޕް އަކާއިއެކު އުފައްދާފައިވާ އައިމެކް ގެ އަގުއުޅެނީ 1299 ޑޮލަރަށެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި