ސްކޮޓްލޭންޑްގެ ކަނޑުން ކަރަންޓު އުފެއްދުމަށް ތައްޔާރުވަނީ

އިސްމާއިލް އަލީ 23 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސްކޮޓްލޭންޑުގެ ފްލޯޓިންގް ޓެކްނޮލޮޖީ ކުންފުނި އޯބިޓަލް މެރިން އިން ކަނޑުގެ ބާނިތަށް ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް އެގައުމުގައި ތައްޔާރުކޮށް ކަރަންޓު އުފެއްދުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ. އެކުންފުނިން ހާމަކުރާ ގޮތުގައި މި ނިޒާމަކީ ދުނިޔޭގައި މިވަގުތު ބޭނުންކުރާ މިފަދަ އެންމެ ވަރުގަދަ ނިޒާމެވެ.

މި ޕްރޮޖެކްޓަކީ 2019 ވަނަ އަހަރުގެ 2 ވަނަ ކުއާޓާގައި ސްކޮޓްލޭންޑުގެ ސަރުކާރުގެ 3.4 މިލިއަން ޕައުންޑުގެ އެހީއާއި އެކު ފަށާފައިވާ މަސައްކަތެކެވެ.

72 މީޓަރު ދިގު 2 މެގަވޮޓް ގެ މި ޓާބައިންއަށް އެކުންފުނިން ދީފައިވާ ނަމަކީ އޯބިޓަލް އޯ2 އެވެ. އެންމެ ފުރަތަމަ ސްކޮޓްލޭންޑްގެ ޑަންޑީގެ ބަނދަރުގައި ބެހެއްޓުނު މި މެޝިނު މިހާރުވަނީ އެގައުމުގެ އޯކްނީ އައިލެންޑަށް ބަދަލުކޮށްފައިއެވެ. މީގެ އިތުރުން މި މެޝިނުގެ ބައެއް މަރާމަތުތަކަށްފަހު މި މެޝިނު ޔޫރަޕިއަން މެރިން އެނާޖީ ސެންޓަރާއި ގުޅާލެވޭނެއެވެ.

މި ޓެކްނޮލޮޖީއަކީ ގާތްގަނޑަކަށް 2000 ގެއަށް ބޭނުންވާވަރަށް ކަރަންޓު އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ޓެކްނޮލޮޖީއެކެވެ. މީގެ އިތުރުން މި ނިޒާމުން އަހަރެއްގެ މައްޗަށް ކާބަން ޑައިއޮކްސައިޑް ބޭރުވާ މިންވަރު 2200 ޓަނަށް މަދުކޮށްދޭނެއެވެ.


އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.