ޕޮލަރޮއިޑް އިން މިހާތަނަށް އުފެއްދި އެންމެ ކުޑަ ކެމެރާ ދައްކާލައިފިއެވެ. އެކުންފުނިން ހާމަކުރާ ގޮތުގައި މި ކެމެރާއަކީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ކުޑަ އެނަލޮގް ކެމެރާއެވެ. ޕޮލަރޮއިޑް ގޯ ގެ ނަން ދީފައިވާ މިކެމެރާއަކީ ކޮންމެތާކަށްވެސް ފަސޭހައިން ގެންދެވޭ ގޮތަށް ފަރުމާކުރެވިފައިވާ ކެމެރާއެކެވެ. އެގޮތުން މި ކެމެރާގެ ދިގުމިނުގައި 4.1 އިންޗި ހުންނަ އިރު ފުޅާމިނުގައި ހުންނަނީ 3.3 އިންޗިއެވެ.
ޕޮލަރޮއިޑް ގޯ އަކީ ސެލްފީ މިރާ އަކާއި، ޑައިނަމިކް ފްލޭޝް އާއި، ޑަބަލް އެކްސްޕޯޝާ އަދި ސެލްފް ޓައިމާ ފަދަ ފީޗާތަކާއި އެކު ފަރުމާ ކުރެވިފައިވާ ކެމެރާއެކެވެ. މީގެ އިތުރުން ފިލްމު އާނުކޮށް ނެގޭނެ ފޮޓޯގެ އަދަދު އަންގައިދޭ ކައުންޓާ އެއް މި ކެމެރާގެ ޑިސްޕްލޭގައި ހުރެއެވެ. މި ކެމެރާއަކީ އެއްފަހަރު ޗާޖްކޮށްލައިގެން 15 ފޮޓޯ ޕެކް ނަގާލެވޭ ކެމެރާއެކެވެ.
ޕޮލަރޮއިޑް ގޯ ގެ މިވަގުތު އާންމުކޮށްފައިވަނީ ހުދު ކުލައިގެ ކެމެރާއެކެވެ. އަދި މިކެމެރާ 27 އޭޕްރީލް އިން ފެށިގެން ގަންނަން ލިބޭނެއެވެ. މި ކެމެރާ ގެ އަގަކީ 100 ޑޮލަރެވެ. އަދި މި ކެމެރާގެ ފިލްމު ގޯ ކަލާ ފިލްމު ގެ ދެ ޕެކް ލިބެން ހުރީ 20 ޑޮލަރަށެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި