ތިޔަބުނީ މާސްގައި އޮކްސިޖަން އެބަހުއްޓޭތަ؟

އަޙްމަދު ނިޔާޒް 25 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މާސްގައި ސައެންސްވެރިން އޮކްސިޖަން އުފައްދައިފި އެވެ. އޮކްސިޖަން އުފެއްދީ ކާބަންޑައިއޮކްސައިޑުން، މެޝިނެއް ބޭނުންކޮށްގެންނެވެ. މެޝިނަށް ކިޔާ އާންމު ނަމަކީ "މޮކްސީ" އެވެ. މޮކްސީންކުރާ ކަމަކީ އެތެރެއަށް ނޭވާލާން ކާބަންޑައިއޮކްސައިޑް ބޭނުންކޮށްފައި ނޭވާ ބޭރަށްލާއިރު އޮކްސިޖަން ބޭރުކުރުމެވެ. މިއީ ގަސްގަހާގެހި "ނޭވާލުން" – ރެސްޕިރޭޝަންއާ ދާދި އެއް މާނައެއްގައި ކުރެވޭ ކަމެކެވެ.

މާސްގައި ކާބަންޑައިއޮކްސައިޑް ގެ ނިސްބަތަކީ 96 ޕަސެންޓް އެވެ. އޮކްސިޖަންގެ މިންވަރަކީ 0.13 ޕަސެންޓެވެ. ދުނިޔޭގައި އޮކްސިޖަންގެ ނިސްބަތަކީ 21 ޕަސެންޓެވެ. އެހެންކަމުން މާސްގައި އިންސާނުން މިނިވަންކަމާއެކު ނޭވާލާ އުޅުމަށް އޮކްސިޖަން އުފައްދާނެ ގޮތެއް ހޯދަންޖެހެ އެވެ.

މޮކްސީ އަކީ އަދި އަޖުމަބެލެވޭ މެޝިނެކެވެ. ބޮޑުމިނަކީ ކާރު ބެޓެރީއެއްގެ ސައިޒެވެ. އިންސާނުން މާސްއަށް ގޮސް އައިސްވުމަށް ބޭނުންވާ އޮކްސިޖަން އުފެދުމަށްޓަކައި 100 ގުނަ ބޮޑު މޮކްސީއަކަށް ބޭނުންވެ އެވެ. އެވަރު އެންމެ މޮކްސީއަކުން ނުފުދޭނެ އެވެ.

ބިމުން މާސްއަށް ދިއުމަށް ތެޔޮ – ގޭސް ބޭނުންވެ އެވެ. މިއަދު މިއީ އަދި އެއްކޮޅު ދަތުރެކެވެ. މާސްއިން ފުރައިގެން ދުނިޔެއަށް ރޮކެޓްއިންޖީނެއްގައި އަދި ނާދެ އެވެ. އެހެންކަމުން މާސްއިން ފުރައިގެން ދުނިޔެއަށް ދަތުރުކުރުމަށްޓަކައި ތެލަށް – ގޭހަށް ބޭނުންޖެހެ އެވެ. ބިމުން ގޭސް ގެންދިއުމަށް ވުރެ ދުރުރާސްތާއަށް ވިސްނާއިރު ފަސޭހަ ގޮތަކަށް ވާނީ މާސްގައި އެމިންވަރަށް ގޭސް އުފެއްދުމެވެ.

މާސްގެ ބިމުން ރޮކްޓެއް އުދުއްސާލުމަށްޓަކައި 30 - 45 މެޓްރިކް ޓަންގެ ގޭސް ބޭނުންވެ އެވެ. މިއީ މިއަދު މޮކްސީން އޮކްސިޖަން އުފައްދާ މިންވަރަށް ބަލާއިރު މިއިން ޒަމާނަކު އުފެއްދޭނެ މިންވަރެއް ނޫނެވެ. މޮކްސީން މިހާރު އުފެއްދެނީ ގަޑިއަކުން 10 ގުރާމް އޮކްސިޖަން އެވެ.

އިންސާނުން މާސްއަށް ފޮނުވައިފި ނަމަ ރައްކާތެރިކަމާ އެކު އާދެވޭނެ މެކޭނިޒަމެއް ގާއިމުކުރެވެން ޖެހެ އެވެ. މިކަމަށް އޮތް ހައްލަކީ މާސްއިން ރޮކެޓް ފުރޭނެ އިންތިޒާމެކެވެ. ދިއާ އޮކްސިޖަނަށް ބޭނުންޖެހެނީ މިހިސާބުންނެވެ. މާސްއިން ރޮކެޓެއް ފުރުވާލެވޭ ވަރަށް އޮކްސިޖަން ބިމުން ގެންދިއުމަށް ވުރެ ޚިޔާލީ ފިކުރަކީ ހުސް ޓޭންކެއް ގެންދިއުމެވެ. އެހެންކަމުން މިހާރުން މިހާރަށް ކޮޅުފެންނަން އޮތް ހައްލަކީ މޮކްސީގެ ފެންވަރުމަތިކުރުމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.