އެމެރިކާގެ އަސްކަރިއްޔާގެ ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑް ސެންޓްރަލް ގެ ޓްވިޓާ އެކައުންޓު ހެކްކޮށްފައިވާ ކަމަށް އެ ޔުނިޓުން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ "އަފްޣާނިސްތާން، އިސްލާމިކް ސްޓޭޓް" ލިޔެ އެ ޔުނިޓުގެ ޓްވިޓާ އެކުންޓުން ކޮށްފައިވާ ޓުވީޓަކާއި ގުޅިގެންނެވެ.
މިކަން ހާމަކޮށް ކޮށްފައިވާ ޓްވީޓެއްގައި އެ ޔުނިޓުން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި 12 ގަޑިއިރު ތެރޭގައި އެ ޔުނިޓުގެ ޓްވިޓާ އެކައުންޓު ހެކްކުރި ފަރާތަކުން ވަނީ އޮޅުންއަރާ ފަދަ މައުލޫމާތުތަކެއް ޓުވީޓު ކޮށްފައިއެވެ.
ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑް ސެންޓްރަލް އަކީ އެމެރިކާއިން މެދުއިރުމަތީގައި އާއި އޭޝިއާ ސަރަހައްދުގައި ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި ސްޕެޝަލް އޮޕަރޭޝަންސް ރާވައި ހިންގުމުގެ ޒިންމާ އުފުލާ ޔުނިޓެކެވެ.
މީގެ ކުރިންވެސް އެމެރިކާގެ އަސްކަރިއްޔާގެ އެކި ޓުވިޓާ އެކައުންޓުތަކުން ވަނީ މިފަދަ އާދަޔާ ހިލާފު ޓުވީޓު ތަކެއް ކޮށްފައިއެވެ. އެގޮތުން މާރިޗު މަހުގައި އެމެރިކާގެ ނިއުކްލިއާ ހަތިޔާރުތަށް ބެލެހެއްޓުމުގެ ޒިންމާ ހަވާލުވެފައިވާ ސްޓްރެޓީޖިކް ކޮމާންޑުގެ ޓުވިޓާ އެކަންޓުންވެސް ވަނީ މިފަދަ ގޮތްނޭނގޭ ޓުވީޓެއް ކޮށްފައިއެވެ. މި ޓުވީޓު ކުރެވުނުތާ މާގިނަ އިރެއްނުވެ އެ ޔުނިޓުން ވަނީ މިއީ އޮޅިގެން ކުރެވުނު ޓުވީޓެއްކަން ހާމަކޮށް މައާފަށް އެދިފައިއެވެ.
އެމެރިކާގެ ސްޓެރެޓީޖިކް ކޮމާންޑުގެ ޓުވިޓާ އެކައުންޓުން ކުރެވުނު ޓުވީޓަކީ އެ އެކައުންޓު މެނޭޖުކުރާ ފަރާތުގެ ތުއްތު ދަރިފުޅު ކޮށްފައިވާ ޓުވީޓެއްކަން ހާމަކޮށް އެ ޔުނިޓުން ވަނީ އެއެކައުންޓު ހެކްނުވާކަން ޔަގީންކޮށްދީފައިއެވެ. ނަމަވެސް މިއާއި ހިލާފަށް ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑް ސެންޓްރަލް އިން ހާމަކޮށްފައިވަނީ އެ ޔުނިޓުގެ އެކައުންޓު ހެކްވެފައިވާ ކަމަށެވެ.
ޓުވިޓާ ބޭނުންކުރާ ގިނަ މީހުން ވަނީ މިކަން ގަބޫލުކުރުމަށް ދެކޮޅު ހަދާފައިއެވެ. އަދި މިއާއި އެކު އެމެރިކާގެ އަސްކަރިއްޔާގެ ޓުވިޓާ އެކައުންޓު ތަކަށް ހަޖޫޖެހުން ވަނީ އިތުރުވެފައިއެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް