އެޕޯލޯ 11 ގެ އެސްޓްރޮނޯޓް ކޮލިންސް މަރުވެއްޖެ

އިސްމާއިލް އަލީ 29 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

1969 ވަނަ އަހަރު އެޕޯލޯ 11 ގައި ހަނދަށް ދަތުރުކުރި ޓީމުގެ މެމްބަރެއް ކަމަށްވާ މައިކަލް ކޮލިންސް 90 އަހަރުގައި މަރުވެއްޖެއެވެ. އޭނާގެ އާއިލާ އިން ހާމަކޮށްފައިވާ ގޮތުގައި ކެންސަރާއި ހަނގުރާމަކުރުމަށްފަހު ކޮލިންސް މަރުވެފައިވަނީ 28 އޭޕްރިލް 2021 ގައިއެވެ.

ކޮލިންސް ވަނީ ބަޒް އޯލްޑްރިން އާދި ނީލް އާމްސްޓްރޯންގް ހަނދުގައި ހިނގިއިރު އެމީހުން ހަނދަށް ދަތުރުކުރި ޖައްވީ އުޅަނދުގައި ހަރަކާތްތެރިވެފައިއެވެ. ކޮލިންސްގެ މަރާއިއެކު މިހާރު މި ހަރަކާތުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ދުނިޔޭގައި ހުރީ 91 އަހަރުގެ ބަޒް އޯލްޑްރިން އެކަންޏެވެ.

އެންމެ ފުރަތަމަ ހަނދަށް ދަތުރުކުރި ފަރާތްތަކުގެ ގޮތުގައި ބަޒް އޯލްޑްރިން އާއި ނީލް އާމްސްޓްރޯންގް މަޝްހޫރުވެފައި ވީނަމަވެސް ކޮލިންސް އަކީވެސް މި ދަތުރުގެ ކާމީޔާބީގައި ބޮޑު ހިއްސާއެއް އޮތް ފަރާތެކެވެ. އެގޮތުން އޯލްޑްރިން އަދި އާމްސްޓްރޯންގް ހަނދުގައި ހަރަކާތްތެރިވިއިރު އޭނާ ހަރަކާތްތެރިވީ އެމީހުން ހަނދަށް ދަތުރުކުރި ކޮމާންޑް މޮޑިއުލް ގެ ޕައިލެޓަކަށެވެ. ނާސާ އިން ވަކިވުމަށްފަހު ކޮލިންސް ވަނީ ކުޑަ ދުވަސްކޮޅަކަށް ސިޔާސީ މައިދާނުގައި ހަރަކާތްތެރި ވެފައިއެވެ. އެޔަށްފަހު އޭނާވަނީ މިދާއިރާއިންވެސް ރިޓަޔާކޮށް ފްލޮރިޑާގައި އޭނާގެ ރިޓަޔަމަންޓު ދުވަސްތައް ހޭދަކޮށްފައިއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.