އިންސްޓަގްރާމް ލައިވްގަ މިހާރު އޯޑިއޯ ވީޑިއޯ މިއުޓް ކުރެވޭ!

އަޙްމަދު އަޙްސަން 30 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ފޭސްބުކްގެ ދަށުން ހިންގާ އިންސްޓަގްރާމް އިން އަލަށް ތަޢާރަފް ކުރި ފީޗާރސްތަކުން އިންސްޓަގްރާމް ލައިވް ބޭނުންކުރާ ފަރާތްތަކަށް އޯޑިއޯ އަދި ވީޑިއޯ ނުވަތަ ދެ އޮޕްޝަން ވެސް މިއުޓް ކުރެވޭނެ ގޮތް ހަދައިފިއެވެ.

މި ފީޗާރ އަކީ ކްލަބްހައުސް އާއި އެއްކަހަލަ ގޮތަކަށް އެހެންނަމަވެސް ފޭސްބުކް އިން އަލަށް ނެރުނު އޯޑިއޯ ޗެޓް ޕްރޮޑަކްޝަން އެކެވެ.

މި ފީޗާރގެ ސަބަބުން އިންސްޓަގްރާމް ލައިވް ސެޝަން ބޭނުން ކުރާ ފަރާތްތަކަށް ވަރަށް ފަސޭހަވެގެންދާނެއެވެ. އެގޮތުން އެކަކު ވާހަކަ ދައްކާއިރު އެހެން މީހުން އަޑު މިއުޓް ކުރުމުން ސަރައުންޑިންގެ އަޑު ނުހުންނާނެއެވެ. އަދި ކެމެރާ ކުރިމައްޗަށް އަރަން ބޭނުން ނުވާ ފަރާތްތަކަށް ވީޑިއޯ އޮފް ކުރެވޭނެއެވެ.

އޯޑިއޯ ވީޑިއޯ އޮފް ކުރުމަށް ސްކްރީނުގެ ތިރީގައި އޮޕްޝަން ފެންނަން އިންނާނެއެވެ. އެގޮތުން މައިކްރޮފޯން ބަޓަން އަށް ފިތާލުމުން އަޑު މިއުޓް ވާނެއެވެ. އަދި ވީޑިއޯ ބަޓަން އިން ވީޑިއޯ އޮފް ކޮށްލެވޭނެއެވެ. ވީޑިއޯ އޮފް ކުރުމުން ފެންނަން އިންނާނީ އެ ޔޫސާރގެ ޕްރޮފައިލް ފޮޓޯއެވެ. އިންސްޓަގްރާމް ލައިވް ސެޝަނެއްގައި އެއްފަހަރާ ބައިވެރިވެވެނީ 4 މީހުންނަށެވެ. ހޯސްޓް ކުރާ މީހާއަށް އެހެންމީހުންގެ އޯޑިއޯ އަދި ވީޑިއޯ މިއުޓް ނުކުރެވޭނެއެވެ. އެހެން ނަމަވެސް ވަރަށް އަވަހަށް އެ ފީޗާ ވެސް އަންނޭނެ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.


އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.