މައިކްރޯސޮފްޓްގެ އޮޕަރޭޓިންގް ސިސްޓަމް ތަކުގެ ޑިފޯލްޓް ފޮންޓުކަމަށްވާ ކެލިބްރީ ގެ ބަދަލުގައި އެހެން ފޮންޓެއް ހިޔާރުކުރުމަށް އެކުންފުނިން ނިންމައިފިއެވެ. ކެލިބްރީ ބޭނުންކުރަން ފެށުމުގެ ކުރިން މައިކްރޯސޮފްޓްގެ ޑިފޯލްޓް ފޮންޓަކީ ޓައިމްސް ނިއު ރޯމަން އެވެ.
14 އަހަރަށް ފަހު ކެލިބްރީގެ ބަދަލުގައި ބޭނުންކުރުމަށްޓަކައި މައިކްރޯސޮފްޓް އިންވަނީ ޑިޒައިނަރުންގެ ޓީމެއް ލައްވައި މިކަމަށް ހާއްސަކޮށް 5 ފޮންޓު ފަރުމާކޮށްފައިއެވެ. މި އައު ފޮންޓުތަކަކީ މުޅިން ތަފާތު ބަލާލަން ފަސޭހަ ގޮތަކަށް ފަރުމާކުރެވަފައިވާ ފޮންޓު ތަކެކެވެ. މި ފަސް ފޮންޓުގެ ތެރެއިން އެކުންފުނީގެ ޑިފޯލްޓް ފޮންޓެއް ކަނޑައެޅުމަށްޓަކައި އެކުންފުނިން ނިންމާފައިވަނީ އޮންލައިންކޮށް ވޯޓެއް ނެގުމަށެވެ.
މައިކްރޯސޮފްޓް އިން ހާމަކޮށްފައިވާ ގޮތުގައި މި ފޮންޓު ތަކަކީ މިހާރު ބޭނުންކުރާ އެކި ފޮންޓުތަކާއި ވަރަށް ތަފާތު ފޮންޓުތަކެކެވެ. އަދި ޑިފޯލްޓް ފޮންޓަކީ އެކުންފުނީގެ މޫނުމަތި ކަމުން ޒަމާން ބަދަލުވާވަރަކަށް މި ފޮންޓަށްވެސް ބަދަލުއަންނަން ޖެހޭކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.
މި އައުފޮންޓު ތަކާއި ބެހޭ އިތުރު މައުލޫމާތާއި އައު ޑިފޯލްޓް ފޮންޓު ކަނޑައެޅުމަށް ބާއްވާ އޮންލައިން ވޯޓު މައިކްރޯސޮފްޓްގެ ވެބްސައިޓްއިން މިހާރު ފެންނާނެއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި