އެޕަލް ގަޑިން ލޭގައި ގުލްކޯޒް ހުރި މިންވަރު ދެނެގަންނަނީ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެޕަލް ކުންފުނިން ދެން އެންމެ އަވަހަށް ނެރޭ އެޕަލް ގަޑި ސީރީސްތަކުން ލޭގައި ގުލްކޯޒް ހުރި މިންވަރު ދެނެގަންނާނެއެވެ.

މިހާރުވެސް އެޕަލް ގަޑި އަކީ ބޮޑަށް ވަގުތު ބެލުމަށްވުރެ ގަޑި އަޅައިގެން ހުންނަ މީހާގެ ޞިއްޙަތު ބެލުމަށް މުހިންމު ކަންދޭ އެއްޗެކެވެ. މި ޓެކްނޮލޮޖީ ތަޢާރަފް ވެއްޖެ ނަމަ ޞިއްޙީ ޙާލަތްތަކުގައި ގުލްކޯޒް ލެވެލް ބެލުމަށް ދެން އިންސާނުން ގައިން ލޭ ނެގުން މަދުވާނެއެވެ.

މި ޓެކްނޮލޮޖީ އަކީ ފޮޓޯނިކްސް ޗިޕްސް އުފައްދާ އިނގިރޭސިވިލާތުގެ ކުންފުންޏަކުން އަލަށް ތައްޔާރު ކުރާ ޕޮރޮޑަކްޝަން އެކެވެ. މި ޕްރޮޑަކްޝަން ގައި އެކުންފުނިން އުފައްދަނީ ގުލްކޯޒް މޮނިޓަރިންގ ސެންސަރސް އެވެ. ރޮކްލޭ ފޮޓޯނިކްސް ޗިޕްސް އާއި އެޕަލް ކުންފުންޏާއި ދެމެދު ވަނީ ސަޕްލައި އެންޑް ޑެވެލޮޕްމަންޓް އެގްރީމެންޓެއްގައި ސޮއި ކޮށްފައެވެ.

ރޮކްލޭ ފޮޓޯނިކްސް ޗިޕްސް އިން ބުނި ގޮތުގައި އެކުންފުނިން އުފައްދާ މި ސެންސަރ ތަކުން އިންސާނުންގެ ލޭ މޮނިޓަރ ކުރުމަށް އިންފްރާރެޑް ލައިޓެއް ފޮނުވާލައެވެ. މި ސެންސަރ ތަކުން އަސްލު ޞިއްޙީ ބޭނުން ތަކަށް ދޭ ޚިދުމަތާއި އެއްވަރަށް ލޭގައި ހުންނަ އެލިމެންސްޓްސް މޮނިޓަރ ކޮއްދޭނެއެވެ.

މި ޓެކްނޮލޮޖީ އާއިއެކު ގަޑި ބާޒާރަށް ނެރެވޭނީ އަންނަ އަހަރު ކަމަށް ބެލެވެއެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.