ޓެކްނޮލޮޖީ މިނިސްޓްރީ ގެ މަސްއޫލިއްޔަތު މިނިސްޓަރ ޝައުނާއަށް

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އުވާލައި އެ މިނިސްޓްރީގެ މަސްއޫލިއްޔަތުތައް މިނިސްޓްރީ އޮފް އެންވަޔަރުމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ދަށަށް ރައީސް މިއަދު ބަދަލު ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގައި ހުންނެވި އައިމިނަތު ޝައުނާ ރައީސް މިއަދު އައްޔަން ކުރެއްވީ "މިނިސްޓަރު އޮފް އެންވަޔަރުމަންޓް، ކުލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ"ގެ މަގާމަށެވެ. އެކަމަނާ އަށް މަޤާމުގެ ފަތްކޮޅު އެރުއްވީ މިއަދުު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިބަދަލާއިއެކު ޓެކްނޮލޮޖީ މިނިސްޓްރީއިން ކުރަމުން އައި ހުރިހާ މަސައްކަތެއް ތިމާވެށި މިނިސްޓްރީގެ ދަށަށް ބަދަލުވާނެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވިދާޅުވީ ކެބިނެޓަށް ގެނައި މިބަދަލަކީ ސަރުކާރު ހިންގުން ހަރުދަނާކޮށް ލަނޑުދަނޑިތައް އަވަހަށް ހާސިލް ކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

ޓެކްނޮލޮޖީ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި މަލީހު ޖަމާލު ރައްޔިތުން މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާ މަގާމުން ވަކިކުރުމުން މިއަދާ ޖެހެންދެން އެ މިނިސްޓަރުކަމުގެ މަގާމު އޮތީ ހުސްކޮށެވެ.

ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.