އިހުތިރާމާއިއެކު ޓްވިޓާ ބޭނުންކުރަން އެދިއްޖެ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޓްވިޓާ ބޭނުންކުރުމުގައި ސަމާލުވުމަށާއި އެ މަންސަ ބޭނުންކުރާ އެހެންމީހުންނަށް އިހުތިރާމު ކުރުމަށް އެކުންފުނިން އެދިއްޖެއެވެ. އަދި މިކަން ތަންފީޒުކުރުމުގެ ގޮތުން އެކުންފުނިން ވަނީ މެސެޖްތަކެއް ފޮނުވަން ފަށާފައިއެވެ. އެގޮތުން ޓްވީޓެއް ޕޯސްޓް ކުރުމުގެ ކުރިން އެ ޓްވީޓަކީ އެކުންފުނީގެ އުސޫލުތަކާއި ހިލާފުނުވާ ގޮތަށް ކުރެވޭ ޓްވީޓެއްތޯ ޔަގީންކުރުމަށް އަންގައި އެމަންސަ ބޭނުންކުރާ ފަރާތަކަށް ޕްރޮމްޕްޓެއް ނުވަތަ މެސެޖެއް ފެނިގެންދާނެއެވެ.

ޓްވިޓާ އިން ހާމަކޮށްފައިވާ ގޮތުގުއި މި ފީޗާގެ ސަބަބުން ބޭއަދަބީ ޓްވީޓުތަކާއި ރިޕްލައިތަށް ވަނީ މަދުވެފައިއެވެ. އެހެންކަމުން އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މި ފީޗާ އިނގިރޭސި ބަސް ބޭނުންކުރާ ހުރިހާ އެކައުންޓަކަށް އައިއޯއެސް އަދި އެންޑްރޮއިޑް ޓްވިޓާ އެޕްލިކޭޝަނުން ވަރަށް އަވަހަށް ލިބިގެންދާނެއެވެ.

ޓްވިޓާ އިން ހާމަކޮށްފައިވާ ގޮތުގައި މި ފީޗާގެ ސަބަބުން 34 އިންސައްތަ މީހުންވަނީ އެމީހުންގެ ޓްވީޓު ނުވަތަ ރިޕްލައި ބަދަލުކޮށްފައިއެވެ. ނުވަތަ އެ ނުފޮނުވުމަށް ނިންމާފައިއެވެ. މީގެ އިތުރުން އެއްފަހަރު މި މެސެޖް ލިބުމުން 11 އިންސައްތަ މީހުންގެ ބޭއަދަބީ ރިޕްލައިތަށް މަދުވެފައިވާކަމަށްވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން މިފަދަ މީހުންނަށް ބޭއަދަބީ ރިޕްލައިތަކާއި ފީޑްބެކް ލިބުންވެސް މަދުކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

ޓްވިޓާ ފަދަ ޓެކް ކުންފުނިތަކުން ފަހަކަށްއައިސްވަނީ ބޭއަދަބީ ކޮންޓެންޓު އެ ކުންފުނިތަކުގެ މަންސަތަކުން ނެގުމުގެ މަސައްކަތް ފަށާފައިއެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ އިން ޖޫން އަށް އެކުންފުނިން ވަނީ 1،9 މިލިއަން އެކައުންޓުން ކޮށްފައިވާ މިފަދަ ޓްވީޓްތަށް ރިމޫވްކޮށް 925،700 އެކައުންޓް ސަސްޕެންޑްކޮށްފައިއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.