މައިކްރޯސޮފްޓް ޓީމްސްގެ ޕާސަނަލް ވާޝަން ތައާރަފްކޮށްފި

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މައިކްރޯސޮފްޓް ޓީމްސްގެ ޕާސަނަލް ވާޝަން ތައާރަފްކޮށްފިއެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން އެކުންފުނިން ދައްކާލާފައިވާ މި އެޕްލިކޭޝަން މެދުވެރިކޮށް މިހާރު އާއިލާ އަދި ރައްޓެހިންނާއި ހިލޭ މުވާސަލާތު ކުރެވޭނެއެވެ. މިހާރުވެސް ވިޔަފާރިތަކަށް ހާއްސަކޮށް ބޭނުންކުރަމުންދާ ޓީމްސް އާއި އެއްގޮތަށް މި އެޕްލިކޭޝަނުން ވެސް އެކަކު އަނެކަކާއި ޗެޓްކޮށް، ވީޑިއޯ ކޯލްކޮށް އަދި ކަލަންޑަރާއި ލޮކޭޝަން އަދި ފައިލްތައް ހިއްސާކޮށްލެވޭނެއެވެ.

މިދިޔަ ނޮވެމްބަރުގައި އާންމުކުރި މި އެޕްލިކޭޝަންގެ ޕްރިވިއު އާއިއެއްގޮތަށް މި އެޕްލިކޭޝަން މެދުވެރިކޮށް 24 ގަޑިއިރު ހިލޭ ވީޑިއޯ ކޯލް ކުރެވޭނެއެވެ. އެގޮތުން މި ވީޑިއޯ ކޯލްތަކުގައި 300 މީހުންނަށް އެއްފަހަރާއި ބައިވެރިވެވޭނެއެވެ. ނަމަވެސް މި ޕެންޑެމިކް އަށްފަހު މައިކްރޯސޮފްޓް އިން މި އަދަދު 60 މިނިޓުގެ ވީޑިއޯ ކޯލްތަކަށް މަދުކުރާނެއެވެ. އަދި މި އާއިއެކު މި ކޯލްތަކުގައި ބައިވެރިވެވޭނީ 100 މީހުންނަށެވެ. ނަމަވެސް 2 މީހެއްގެ މެދުގައި ކުރެވޭ ވީޑިއޯ ކޯލްތަށް 24 ގަޑިއިރު ހިލޭ ކުރެވޭނެއެވެ.

މި އެޕްލިކޭޝަން ފުރަތަމަ ތައާރަފްކޮށްފައި ވަނީ އައިއޯއެސް އަދި އެންޑްރޮއިޑަށް ކަމުގައިވިޔަސް މިހާރު މައިކްރޯސޮފްޓް ޓީމްސް ފޯ ޕާސަނަލް ޔޫޒް މޯބައިލް، ވެބް އަދި ޑެސްކްޓޮޕްގައި ވެސް ބޭނުންކުރެވޭނެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.