ފަލަސްތީނަށް ތާއިދުކުރުމަށާއި އެގައުމަށް އެހީތެރިވުމަށް ގޫގަލް އަށް ނިސްބަތްވާ ޔަހޫދީ މުވައްޒަފުންތަކެއް ގޮވާލައިފިއެވެ. އެމުވައްޒަފުން މިކަމަށް ގޮވާލާފައި މިވަނީ އިޒްރާއީލުން ފަލަސްތީނަށް ވަރަގުދަ ހަމަލާތަކެއްދޭން ފަށާފައިވާ ވަގުތެއްގައިއެވެ.
ގޫގަލްގެ ސީއީއޯ އަށް އެމީހުން ފޮނުވާފައިވާ ސިޓީއެއްގައި ގޮވާލާފައިވަނީ އެކުންފުނިން އިޒްރާއީލުގެ ގަތުލުއާންމު ކުށްވެރިކޮށް ބަޔާނެއް ނެރުމަށާއި އިޒްރާއީލުގެ އަނިޔާވެރި ސިޔާސަތުތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތައް ބަލައިގަނެ އެކަން ކުށްވެރިކުރުމަށްވެސް މި ސިޓީގައި ގޮވާލާފައިވެއެވެ. މި ސިޓީގައި މިހާރު 250 މީހުން ވަނީ ސޮއެކޮށްފައިއެވެ.
މި ސިޓީ އަކީ ގޫގަލް ގެ މުވައްޒަފުން ގޫގަލްގެ ރަސްމީ ޔަހޫދީ އެމްޕްލޯއީ ރިސޯސް ގްރޫޕުން ޒަޔަނިސްޓުންނަށް ތާއީދުކޮށް މަސައްކަތްކުރުމާއި ދެކޮޅަށް އުފައްދާފައިވާ އެމްޕްލޯއީ ރިސޯސް ގްރޫޕަކުން ފޮނުވާފައިވާ ސިޓީއެކެވެ. ގޫގަލްގެ ބައެއް މުވައްޒަފުން ހާމަކުރާ ގޮތުގައި ޖިއުގްލާޒް ނުވަތަ ގޫގަލްގެ ރަސްމީ ޔަހޫދީ އެމްޕްލޯއީ ރިސޯސް ގްރޫޕުން ސިޔާސީ ކަންކަމުގައި ބައިވެރިނުވުމަށް ނިންމާފައިވިޔަސް އެ ގްރޫޕުން ވަނީ އިޒްރާއީލަށް ތާއީދުކޮށް ވާހަކަދައްކާފައިއެވެ. އަދި މިކަމުގެ ސަބަބުން މިއީ ޒަޔަނިސްޓުންނާއި ދެކޮޅަށް ހިޔާލުފާޅުކުރާ ފަރާތްތަކަށް ރައްކާތެރި ތަނެއް ނޫންކަމަށްވެސް އެމުވައްޒަފުން ވަނީ ހާމަކޮށްފައިއެވެ.
މިކަމާއި ދެކޮޅަށް އުފެއްދި ޖިއުވިޝް ޑިއަސްޕޯރާ އިން ޓެކް އިން ވަނީ ގޫގަލްގެ އެތެރޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް އެކުންފުންޏަށް ގޮވާލާފައިއެވެ. މީގެ އިތުރުން މި ގްރޫޕުން ވަނީ އިޒްރާއީލުގެ ސިފައިން ފަދަ ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އަރައިގަންނަ ފަރާތްތަކާއި ގޫގަލް އާއި ދެމެދު ހެދިފައިވާ ވިޔަފާރީގެ އެއްބަސްވުންތަށް ބާތިލުކުރުމަށްވެސް ގޮވާލާފައިއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި