ސްޓާޓްއަޕް ގްރައިންޑް އެކްސް (އެސްޖީއެކްސް) މާލޭގެ އައު ސެޝަންއެއް މި ހަފްތާބަންދު ތެރޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. 22 މެއި 2021 ވާ ހޮނިހިރު ދުވަހު ހަވީރު 4:30 ގައި އޮންނަ މިސެޝަންގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވާނީ ލޮޓީފައިލްސްގެ ސީޓީއޯ އަދި ކޯ-ފައުންޑަރ ނަސްރުالله އަދުނާނު (ނައްޓު) އެވެ.
ސްޓާޓްއަޕް ގްރައިންޑް އެކްސް މާލެ އަކީ ދިރާގާއި ސްޕާރކްހަބް ގުޅިގެން ހިންގާ ސިލްސިލާ ޗެޓް ސެޝަންތަކެކެވެ. މިފަހަރުގެ ފަޔަރސައިޑް ޗެޓްގެ ހޯސްޓަކީ، މައިބަމްޕް މީޑީއާގެ ކޯފައުންޑަރ އަދި ސީއޯއޯ ދާނިޝް އާތިފެވެ.
ސްޓާޓްއަޕް ގްރައިންޑް މާލޭ ޗެޕްޓަރުގެ ފުރަތަމަ އިވެންޓް ބޭއްވުނީ 2018 ވަނަ އަހަރުއެވެ. މިހާތަނަށް މާލޭ ޗެޕްޓަރުގެ 6 ސެޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. ކުރިއަށް އޮތް 7 ވަނަ ސެޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ވަރޗުއަލްކޮންނެވެ. ސްޕާކްހަބްގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް އިވެންޓް ލައިވް ކުރެވިގެންދާނެކަމަށް ސްޕާކްހަބުން މަޢުލޫމާތު ދެއްވައެވެ.
ސެޝަންގައި ބައިވެރިވުމަށް މިލިންކު ބޭނުންކުރައްވައިގެން ރަޖިސްޓަރ ކުރައްވާށެވެ.
ސްޓާޓްއަޕް ގްރައިންޑަކީ ބައިނަލްއަގްވާމީ ލެވެލްގައި ފާހަގަކުރެވޭ އެކި އެކި ސްޓާޓްއަޕްތައް ފީޗަރކޮށް އޭގެ ފައުންޑަރުން ސްޓާޓްއަޕް އުފައްދާ ކުރި އެރުވުމަށް ކުރި މަސައްކަތްތަކާއި ތަޖުރިބާތައް ހިއްސާކުރުމަށް ބާއްވާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގެ މަގުސަދަކީ އަލަށް އުފެދިގެން އަންނަ ސްޓާޓްއަޕްތަކަށް ކުރިއަށްދިޔުމަށް ހިތްވަރު ދިނުމެވެ. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މީގެ ވަރަށް ގިނަ ޗެޕްޓަރުތަކެއް ކުރިއަށް ގެންދެއެވެ. އެސްޖީއެކްސް މާލެއަކީ ވެސް މިފަދަ އެއް ޗެޕްޓަރެވެ. މީގެ އިތުރުން އެކިއެކި އިންޑަސްޓްރީއަށް ނިސްބަތްވާ ޗެޕްޓަރުތައްވެސް ސްޓާޓްއަޕް ގްރައިންޑްގައި ހިމެނެއެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ނެގެސްދިނުމަށް