އިޒްރާއީލުން ފަލަސްތީނަށް ދެމުންދިޔަ ހަމަލާތަކާއި ދެކޮޅަށް ދިވެހީންގެ ޝުއޫރު ފާޅުކުރުމަށް ޒުވާނުންތަކެއް ގުޅިގެން އުފައްދާފައިވާ މޯލްޑިވްސް ސްޓޭންޑްސް ވިތް ޕަލަސްޓައިން ފޭސްބުކް ގްރޫޕު އެ މަންސައިން ބޭންކޮށްފިއެވެ.
ނިމިދިޔަ ހަފްތާގައި ފަލަސްތީނަށް ތާއީދުކޮށް މާލޭގައި ހިންގި ހަރަކާތް ރާވާ ހިންގުމުގައި އިސްދައުރެއް އަދާކޮށްފައިވާ މި ގްރޫޕާއި ދެކޮޅަށް ފޭސްބުކް އިން ފިޔަވަޅު އަޅާފައިވާއިރު މި ގްރޫޕުގައި އެތަށްހާސް ބަޔަކު ހަރަކާތްތެރިވެ ފަލަސްތީނަށް ތާއީދުކޮށް ދިޔައީ ޝުއޫރު ފާޅުކުރަމުންނެވެ. މި ގްރޫޕު ފޭސްބުކް އިން ބޭން ކޮށްފައިވާއިރު ފަލަސްތީނަށް ތާއީދުކޮށް އިތުރު ހަރަކާތްތަކެއް މި ގްރޫޕުގެ ފަރާތުން ދަނީ ރާވަމުންނެވެ.
މި ގްރޫޕު ބޭން ކޮށްފައިވާއިރު އިޒްރާއީލުގެ ގަތުލުއާންމުތަކާއި ދެކޮޅަށް ހިޔާލު ފާޅުކޮށް ފަލަސްތީނަށް ތާއިދުކޮށްފައިވާ އެތަށް އެކައުންޓަކާއި ކޮންޓެންޓް މީސްމީޑިއާ މަންސަތަކުން ބޭންކުރަމުންދާކަމުގެ ޝަކުވާ ދުނިޔޭގެ އެކިކަންކޮޅުތަކުން ދަނީ ކުރަމުންނެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި