ގޫގަލް ފޮޓޯޒްއަށް ގެންނަން ހަމަޖެހިފައިވާ އައު ބަދަލުތައް ގޫގަލްގެ ޑިވެލޮޕާޒް ކޮންފަރެންސްގައި އާއްމުކޮށްފިއެވެ.
ގޫގަލް އިން ގޫގަލް ފޮޓޯޒް އަށް މިފަހަރު ތައާރަފްކުރި އެންމެ މުހިންމު އެއް ފީޗާއަކީ ލޮކްޑް ފޯލްޑާޒް ފީޗާއެވެ. އެގޮތުން މި ފީޗާ މެދުވެރިކޮށް ޕާސަނަލް ފޮޓޯތައް ޕާސްވޯޑެއް ނުވަތަ ބަޔޯމެޓްރިކް އޯތެންޓިކޭޝަން މެދުވެރިކޮށް ލޮކްކޮށްލެވޭނެއެވެ.
ގޫގަލް އިން ހާމަކޮށްފައިވާ ގޮތުގައި ލޮކްޑް ފޯލްޑާޒް ފީޗާ އެންމެ ފުރަތަމަ ލިބިގެންދާނީ ޕިކްސެލް ފޯނުތަކަށެވެ. މީގެ އިތުރުން ޕިކްސެލް ފޯނުތައް މެދުވެރިކޮށް ނަގާ ފޮޓޯތައް ސީދާ ލޮކްޑް ފޯލްޑާގައި ސޭވްކުރުމުގެ ފުރުސަތުވެސް މިއާއިއެކު ލިބިގެންދާނެއެވެ. އެކުންފުނިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އެންޑްރޮއިޑް އެހެން ޑިވައިސްތަކަށް މިއަހަރުގެ ތެރޭގައި މި ފީޗާ ލިބިގެންދާނެއެވެ.
މީގެ އިތުރުން ގޫގަލް އިން މިކޮންފަރެންސްގައި ވަނީ ގޫގަލް ފޮޓޯޒް އިން ފެނިގެންދާނެ ބައެއް އެހެން ފީޗާތައްވެސް ދައްކާލާފައިއެވެ. އެގޮތުން ޑިސެމްބަރ މަހު މި އެޕްލިކޭޝަނަށް އެކުންފުނިން ތައާރަފްކުރި ސިނަމެޓިކް ފޮޓޯޒް ފީޗާއަށް އެކުންފުނިންވަނީ ބަދަލުތަކެއް ގެނެސްފައިއެވެ. އެގޮތުން މިހާރު މި ފީޗާ މެދުވެރިކޮށް އޮޓޯ އިން އެނިމޭޓެޑް ވީޑިއޯ ކްލިޕްތަށް ހަދާލެވޭނެއެވެ. މީގެ އިތުރުން މި ބަދަލުތަކާއިއެކު މިހާރު މިއެޕްލިކޭޝަންގައި ރައްކާކޮށްފައި ހުރި ފޮޓޯތަކުގެ ތެރެއިން ވަކި ދުވަސްވަރެއްގެ ފޮޓޯތަށް ޑިލީޓްކޮށްލުމަކީވެސް ވަރަށް ފަސޭހައިން ކުރެވޭނެ ކަމެކެވެ.
ގޫގަލް އިން ހާމަކޮށްފައިވާ ގޮތުގައި މި ބަދަލުތަކާއިއެކު މި އެޕްލިކޭޝަން ބޭނުންކުރާ މީހުން ބޭނުންވާ ގޮތަށް މިއެޕްލިކޭޝަން ބައްޓަންކުރުމުގެ ފުރުސަތު ވަނީ ހުޅުވިފައިއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި