އައި.ސީ.ޓީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން ދިރާސާކުރަނީ

އާރު 23 މޭ 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ދިވެހިރާއްޖޭގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ އެކްޝަން 5.2ބީ އާއި ގުޅުވާލައިގެން އައި.ސީ.ޓީ ދާއިރާގައި އަންހެނުންގެ ބައިވެރުވުން ދިރާސާ ކުރަން ފަށައިފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އަދި ޓެކްނޮލޮޖީއާއި ގުޅިގެން މި ދިރާސާކުރުމަށް ހަވާލުކޮށްފައިވަނީ ޕްރައިވެޓް ކޮންސަލްޓޭޝަން ފާމެއް ކަމުގައިވާ ރިޔަން ޕްރައިވެޓް ލިމިޓެޑާއިއެވެ.

މި ދިރާސާގެ ފުރަތަމަ ސާވޭ އާންމުންނަށް އޮންލައިންކޮށް ހުށަހެޅުމަށް ހުޅުވައި މެސެޖެއްގެ ޒަރިއްޔާއިން ސާވޭގެ ލިންކްވަނީ ފޮނުވާފައެވެ.

މި ދިރާސާއަކީ މުހިންމު ދިރާސާއަކަށް ވުމުން، މި ދިރާސާގެ ފުރަތަމަ ކުރި ސާވޭއާއި ގުޅިގެން އައި.ސީ.ޓީ ދާއިރާގައި މަސައްކަތްކުރާ ގިނަ ދިވެހިންވަނީ ތަފްސީރުކޮށް ޓްވިޓާގައި ހިޔާލު ފާޅުކޮށްފައެވެ.

ސާވޭގައި އެކުލަވާލައިފައިވާ ސުވާލުތަކަކީ ދިރާސާގެ މަޤްސަދު އެކަށީގެންވާ ގޮތުގައި ޙާސިލްވާނެ ސުވާލުތަކެއް ނޫންކަމުގައި ގިނަ ބަޔަކު މީސް މީޑީއާގައި ހިޔާލު ފާޅުކޮށްފައިވެއެވެ.

އާންމުންގެ ފަރާތުން މި ނެގޭ މަޢުލޫމާތަކީ މި ދިރާސާގެ މުހިންމު ބަޔަކަށް ވުމުން މީގައި ހިމެނޭ ސުވާލު ދިރާސާއާއި ގުޅުން ހުރި ގޮތަކަށް ބަދަލުކުރުމަށްވެސް ބައެއް ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

މިއާއި ގުޅިގެން ސުވާލު ދެން އުފެދެނީ މިއީ އެސް.އޭ.ޕީގެ މުހިންމު ލަނޑުދަނޑިއެއް ޙާސިލްކުރުމަށް ކުރާ ކަމަކަށްވާއިރު، މިކަމުގެ މުހިންމުކަން ދެނެގަނެ މިނިސްޓްރީއިން މިކަންތައް ބަލައި އަހައްމިއްޔަތެއް ދެނީ ކިހާވަރަކަށްތޯއެވެ.

ސާވޭގެ ގިނަ ސުވާލުތައް ކޮށްފައިވަނީ މޮބައިލް ފޯނާއި އިންޓަނެޓް ބޭނުންކުރާ މިންވަރަށާއި، ބޭނުންކުރަނީ ކޮންކަމެއް ކުރަންތޯކަން ފާހަގަކުރެވުނެވެ. މި ސާވޭގައި އަންހެނުން އައި.ސީ.ޓީ ދާއިރާގައި ކުރާ ކަންތައްތައް ނުވަތަ އުޅޭ މިންވަރާއި ގުޅިގެން ސުވާލުތަކެއް ހިމެނިފައި ނުވާކަންވެސް ފާހަގަކުރެވުނެވެ.

ސާވޭގެ އިތުރުން، މި ދިރާސާގައި ފޯކަސް ގުރޫޕް މަޝްވަރާކުރުންތަކާއި އިންޓަވިއުތަކެއް ބޭއްވުންވެސް ވަނީ ޕްލޭން ކޮށްފައެވެ.

ސާވޭގައި ބައިވެރިވުމަށް، ނުވަތަ ސާވޭ ބަލާލުމަށް މި ލިންކަށް ފިތާލާ


އާރު

އާރު

ޓެކްނޮލޮޖީގެ ރޮނގުން 19 ވަރަކަށް އަހަރު ހިދުމަތްކޮށްފައިވާ މަލްޓިސްޕެޝަލިސްޓެއް. ލިޔުންތެރިކަމުގެ ރޮނގުން މުޅިން އާ ނުވި ނަމަވެސް ޒަމާންތަކެއް ވަންދެން ހަބަރު ލިޔުމާއި ދުރުގައި އުޅެފައި ޓެކްނިއުސް އަށް ލިޔަން ފަށާފައިވަނީ މިދާއިރާއަށް ޙާއްސަ ނޫހަކަށް ވެފައި މުހިންމު މައުލޫމާތު ތަކެއް ހިއްސާ ކުރުމުގެ ނިޔަތުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.